Ga. Villingili

Latest information about Villingili

The presidential candidate of DRP will visit Villingili Today

Posted by viligilla on August 21, 2008

ޑީ.އާރު.ޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު ވިލިނގިއްޔަށް ޒިޔާރަތްކުރެއްވުން

ޚަބަރު: ޢަލީ ސުލައިމާނު

 

ދިވެހިރައްޔިތުންގެ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ކެމްޕެއިން ކުރެއްވުމުގެ ގޮތުން ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވިލިނގިއްޔަށް ވަޑައިގަންނަވާނެއެވެ. މިސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގަންނަވާނީ ހަވީރުވަގުތުގައެވެ. މިކަމަށްޓަކައި ވިލިނގިލީގައި ހުންނަ ޑީ.އާރު.ޕީގެ އޮފީހާއި ޑީއާރުޕީއަށް ތާއީދު ކުރައްވާ މެމްބަރުންނާއި އެހެނިހެން ހެޔޮއެދޭ ފަރާތްތައްދަނީ ތައްޔާރުވަމުންނެވެ.

އެމަނިކުފާނުގެ މިފަހަރުގެ ދަތުރާއި މޫސުން ގޯސްވުމާއި ދިމާވެފައިވާތީ، ވިލިނގިލީގެ މަގުތައް އެމަނިކުފާނަށް ފެނިވަޑައިގަންނަވާނެއެވެ. ވިލިނގިލީގެ މަގުތައް މިވަނީ ބޭނުންކުރެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެފައެވެ. ވިލިނގިލީގެ މަގުތައް ބެލެހެއްޓުމުގެ ގޮތުން 2007 ވަނަ އަހަރު މަގުހަދާ ޔުނިޓެއް މިރަށަށް ހަމަޖައްސަވާފައިވެއެވެ. އަދި އެކަމަށް ބޭނުންވާ ބައެއް އިކްއިޕްމަންޓްސް އާއި ވެހިކަލްތައް ލިބިފައިވާކަމުގައި އަތޮޅުއޮފީހުގެ ކަމާއިބެހޭ ފަރާތްތަކުން މިސައިޓަށް އެނގިފައިވެއެވެ. އެހެންނަމަވެސް މިދެންނެވި މުހިއްމު މަސައްކަތް ފެށިފައިނުވާތީ އެކަމާއި ވިލިނގިލީގެ ހުރިހާ ރައްޔިތުން ހިތާމަކުރެއެވެ. އެހެންކަމުން އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމުގެ މިފަހަރުގެ ދަތުރުފުޅުގައި މިކަމަށް އެމަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވައިގެން ވިލިނގިލީގެ މަގުހަދާ ޔުނިޓު 2008 ވަނަ އަހަރު ނިމުމުގެ ކުރިން ފެށޭވަރު ވާނެކަމަށް އުއްމީދުކުރަމެވެ.

ހުވަދުއަތޮޅު އުތުރުބުރީގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯރޓަކީ މިއަތޮޅުގެ މީހުން އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެވެ. ވައިގެ ދަތުރުފަތުރުގައި މިއަތޮޅުގެ މީހުންގެ ހިއްސާ ވަރަށްވެސް ބޮޑެވެ. މިފުރުސަތުގައި މިކަމަށްވެސް އެމަނިކުފާނުގެ ވިސްނުންފުޅު ބަހައްޓަވާނޭކަމުގައި އުއްމީދުކުރަމެވެ.

މައުމޫންގެ މި ދަތުރުފުޅާއި ގުޅިގެން މިސައިޓަށް މަޢުލޫމާތު ލިބެމުންދާވަރަކަށް ތިޔަބޭފުޅުންނަށް އެކަމާއިބެހޭ ޚަބަރުތައް ވީހާވެސް އަވަހަށް ލިބޭތޯ މިސައިޓުން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ.

ޝުކުރިއްޔާ

Posted in Uncategorized | No Comments »

The youth and sports development center zone-07 stays far away from youths

Posted by viligilla on August 19, 2008

ޒުވާނުންނާއި ކުޅިވަރު ކުރިއަރުވާ މަރުކަޒު-ޒޯން 7  ޒުވާނުންނާއި ދުރުގައި

ރިޕޯރޓް: އަލީވަހީދު

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ގާއިމުވެފައިހުރި ޒުވާނުންނާއި ކުޅިވަރު ކުރިއަރުވާ  މަރުކަޒު - ޒޯން 7  އަކީ ހުވަދުއަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް ޑިވެލޮޕްމަންޓްގެ ފަރާތުން އެއަތޮޅު ވިލިނގިލީގައި ބިނާކޮށްދެއްވާފައިވާ ސަރުކާރުގެ ބިނާއެކެވެ. މީގެ އަހަރުތަކެއްގެ ކުރީން އިމާރާތްކުރެވުނު މި ސެންޓަރުގެ ސަބަބުން މިއަތޮޅު ޒުވާނުންނާއި ޚާއްސަގޮތެއްގައި ވިލިނގިއްޔާއި ވިލިނގިލީގެ ޒުވާނުންނަށް މަންފާތަކެއް ކުރަމުން ދިޔައެވެ. އެއީ އެސެންޓަރުގެ ރަންޒަމާންކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެއިރު އެސެންޓަރު ހިންގެވުމާއި ހަވާލުވެހުންނެވީ މިހާރު އެސް.ޓީ.އޯ ވިޔާފާރި މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި އަލްފާޟިލު މުސްޠަފާ މުޙައްމަދު ނުވަތަ ބޮންޑް މުސްޠަފާއެވެ. ބޮންޑް މުސްޠަފާއަކީ ހިތްހެޔޮ މިޒާޖުގެ، ވިލިނގިލީގެ ވަރަށްގިނަ ޒުވާނުންނާއި ރައްޓެހި ދެކެފަރިތަ މޫނަކަށް ވުމުގެ އިތުރަށް މިއަތޮޅުގެ ވަރަށްގިނަ ޒުވާނުން ދަންނަ މީހެކެވެ. ބޮންޑްގެ ފަހަތުން ދެން އެސެންޓަރުގައި ހުންނެވީ ޕާރޓްޓައިމް ސްޓާރފެއްގެ ގޮތުން ސެންޓަރުގައި ވަޒީފާއަދާ ކުރައްވަމުން ގެންދެވި ޒުވާނެއްކަމުގައިވާ ވިލިނގިލީ ބްލޫހައުސްގޭ އަލްފާޟިލު ޝަދީދު ޢަލީ އެވެ. އެއިރު ޕާރޓްޓައިމް ސްޓާރފެއްގެ ގޮތުގައި ސެންޓަރުގައި މަސައްކަތްކުރައްވަމުން ގެންދެވިކަމުގައިވިޔަސް ޝަދީދު އަލީ އެއިރުވެސް އަދި މިހާރުވެސް ފުލްޓައިމްގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވަނީ ގއ.ވިލިނގިލީގައި ހުންނަ ސްޓެލްކޯ އިންޖީނުގޭގެ ސީނިއަރ މަގާމެއްގައެވެ. ދެބޭފުޅުންނަށްވެސް ވަރަށްބޮޑަށް އަޅުގަނޑު ޝުކުރުވެރިވަމެވެ.

ސަބަބެއްނެތިއެއް ނޫން އިނގޭތޯއެވެ؟ ބޮންޑް އަދި ޝަދީދުއަލީގެ މޭސްތިރިކަމުގެ ދަށުން މިދެންނެވި ޒުވާނުންގެ މަރުކަޒު ހުންނަނީ ޒުވާނުންނާއިގެން ފުރި ބާރުވެފައެވެ. ތޮއްޖެހިފައެވެ. އަބަދުވެސް ޒުވާނުންގެ ކަންތަކުގައި އެމީހުން އަވަދިނެތި އުޅެއެވެ. މާނައަކީ އެބޭފުޅުން ޒުވާނުންގެ މަރުކަޒުގައި އިސްކޮށް އުޅުއްވިއިރު ޒުވާނުންގެ މަރުކަޒަކީ ޒުވާނުންނަށް އެންމެ އެކަށީގެންވާ ތަންކަމުގައި ހެއްދެވުމަށް އެބޭފުޅުން މަސައްކަތްކޮށްދެއްވިކަމެވެ. ރެއެއް ދުވާލެއްނެތި އެސެންޓަރުގައި ޒުވާނުން ގޮވައިގެން މަސައްކަތްކޮށްދެއްވި ކަމުގެ ނަތީޖާއަކަށްވީ އެއިރު ދިވެހިރާއްޖޭގެ ހުރިހާ ޔޫތުސެންޓަރުތައް ވިލިނގިލީގައި ހުރި މިސެންޓަރު ނަމޫނާއަކަށް ބަލައިގެން އެތަންތަނުގެ ހިންގުން ބައްޓަންކުރަން ފެށުމެވެ. އެހެންވެ އަނެއްކާވެސް ޝުކުރިއްޔާއެވެ.

ދެންއޮތީ އަނެއްއަތަށް ބަލާލުމެވެ. މިބޭފުޅުންވެސް “ލާރި ކާ” ވާހަކައެވެ. އެއީ ކިހާވަރެއްގެ ވާހަކައެއްކަން ބުނެދޭން ނޭގެއެވެ. ލާރި ކާ މީހުން ލާރިކާނެތާއެވެ. ފައިސާގައި ޖެހޭމީހުން ފައިސާގައިވެސް ޖެހޭނެއެވެ. މިއިންކޮންމެއެއްޗެއް (ފައިސާވިޔަސް ނުވަތަ ތަނުގެ ފަރުނީޗަރު ނަމަވެސް) މިބޭފުޅުން ފަރިއްކުޅުއްވި ނަމަވެސް ތަނުގެ ހިންގުން އޮބިނޯވެ ކުރިޔަށް ދިޔައެވެ. ޒުވާނުން ހޭވައްލާ ތައްޔާރޭ ބުނެ މުޅި އެތަނުގެ މަސައްކަތް ބޮންޑްމެންނާއި ގުޅިގެން ކުރަމުން ދިޔައެވެ. އެގޮތުން ފާހަގަކޮއްލެވޭ ކަންތައްތަކުގެ ތެރޭގައި އީދު ފާހަގަކުރުމުގެ ގޮތުން ސްޓޭޖްޝޯވ ދިނުމާއި، އެކިއެކި ކޯސްތައް ހިންގުމާއި، އެކިއެކި ދުވަސްތައް ފާހަގަކުރުމާއި އޮލިމްޕިކް ދުވަހުގެ ހަރަކާތްފަދަ ތަފާތުއެތަކެއް ހަރަކާތްތައް އެތަނުގައި ކުރިޔަށްދިޔައެވެ. އެހެންވީމާ ދެންނެވޭނީ ލާރިކެޔަސް އަހަރެމެންނަށް ވަރިހަމައެވެ.

ހިތާމަހުއްޓެވެ. އެހާރުގެ ޒުވާނުންގެ މަރުކަޒާއި މިހާރުގެ ޒުވާނުންގެ މަރުކަޒާއި ދެމެދުގައި ހުރި ތަފާތުތައް ހާހުން ގުނާލެވެއެވެ. ޒުވާނުންގެ މަރުކަޒަކީ މިހާރު ޒުވާނުން ވަގުތު ހޭދަކުރަން ބޭނުންވާ ތަނެއް ނޫނެވެ. އެތަނުގައި ކުޅިވަރުކުޅުމާއި އެތަނުގެ ބޭނުން އެދެވޭގޮތުގައި ހިފުމަށް އެމީހުންނަކަށް ފުރުސަތެއް ނުލިބެއެވެ. އެތަނުގެ އެތެރޭގެ ހިންގުމުގެ އޮނިގަނޑުގައި އުފެދިފައި ހުރި މައްސަލަތަކުގެ ސަބަބުން އެތަން ބޭނުންކުރަން ތިބޭ ޒުވާނުންނާއި މެދު ނޫނީ ތަނުގެ މަސްއޫލިއްޔަތާއިމެދު ފަރުވާކުޑަކުރެވި ތަނަކީ އެތަން ހިންގެވުމާއި ހަވާލުވެހުންނެވި ފަރާތުގެ އަމިއްލަ ބޭނުންތައް ފުއްދުމަށްހުރި އެބޭފުޅާގެ އަމިއްލަ އޮފީހެކެވެ. ވާނީވެސް އެހެންތާއެވެ. ތަނުގެ ހިންގުމާއި ހަވާލުވެހުންނެވީ އެތަނުގެ އެސިސްޓެންޓް ސެކްޓްރީއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާ ގއ.ވިލިނގިލީ އެޅެހިށިގޭ އަލްފާޟިލު ތަމްހީން ޙަސަންއެވެ. ޔޫތު އޮފިސަރެއްގެ ގޮތުން މަސައްކަތްކުރައްވަނީ ވިލިނގިލީ ކަނޑުފެހިގޭ އަލްފާޟިލު ޝަޒްމީލް ޝިޔާމް ނުވަތަ އެންމެން ދަންނަގޮތުންނަމަ ބޮޑެޝިޔާމްގެ ސައްދާމްއެވެ. ތަމްހީނު ހަސަންއާއި ޝަޒްމީލްގެ ތޭދެރޭ އުފެދިފައިހުރި ނުވަތަ އޮފީސްތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން އެތަނުގެ ހިންގުމަށް ދަނީ ނޭދެވޭ އެތަކެއް އަސަރުތަކެއް ކުރަމުންނެވެ. ޒުވާނުންގެ މަރުކަޒުން ޕްލޭންކުރާ އެއްވެސް ކަމެއް އެތަނުގެ ޔޫތު އޮފިސަރަށް ނޭގެއެވެ. މާނައަކީ އެތަންހިންގެވުމާއި ހަވާލުވެހުންނެވި އެސިސްޓެންޓް ސެކެޓްރީ ބޭނުންވަނީ އެތަނުގެ ހުރިހާކަމެއް ބެލެހެއްޓުން ޚުދުއެއީ އޭނާގެ އަމިއްލަ ހައިސިއްޔަތު ކަމަށްދެކި، އެތަނާއި އެތަނުން ކުރަންރާވާ އެއްވެސް ކަމެއްގެ ޚަބަރު އެތާގެ ސްޓާފުންނަށް ފޯރުކޮށެއްނުދެއެވެ. މިހެންވުމުން ބައްދަލުވުމެއް ނުވަތަ މުބާރާތެއް ބާއްވަން ސެންޓަރުން ނިންމި ކަމެއް ސްޓާފުންނަކަށްނޭގި އިސާހިތަކު ސްޓާފުންނަށް ފެނިގެންދަނީ މިދެންނެވި ބައްދަލުވުމަށް މީހުން އަންނަތަނެވެ. ކީއްކުރައްވަންތޯ ސެންޓަރަށް ތިޔަ ދުރުވީ އަހާލުމުން ޖަވާބުގައި “މިތަނަށް މިއައީ މިތާގައި އޮންނަ ބައްދަލުވުމަކަށް، ބަލަ ކަލެޔަކަށް ވާނުވާވެސް ހަމަ ނޭނގޭތަ؟ ތިޔައީ މިސެންޓަރުގެ ސްޓާފެއްނޫންންތަ؟” މިފަދަ އިބާރާތްތަކުން ސެންޓަރަށް ދުރުވާ ފަރާތްތަކުން ސްޓާފުންނާއި ދިމާއަށް މަލާމާތުގެ ހޫނު މަރުހަބާ ކިޔައެވެ.

މިހެންމިކަންތައް ހިނގައިދިޔުމުގެ ނަތީޖާއަކަށްވީ އެތަނުގައި މިޔުޒިކް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޕާރޓްޓައިމްކޮށް މަސައްކަތްކުރައްވަމުންއައި ގއ.ވިލިނގިލީ ވެނިސްގޭ އިންތިހާޒު ވަޒީފާއިން އިސްތިއުފާ ދެއްވުމެވެ. އެކުއްޖާއަކީ އެތަނުގެ މިޔުޒިކް އިންސްޓްރަކްޓަރަށްވިޔަސް އެތަނުގެ އިލެކްޓްރިކަލް ހުރިހާ މަސައްކަތަކާ އެހެނިހެން ކުލަލުމާއި މަރާމާތުގެ ހުރިހާ މަސައްކަތްތައް މިދެންނެވި ކުދިން ކުރަމުން ދެއެވެ. ތަނެއްގެ ސްޓާފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރާނެ ބަޔަކު އެތަނެއްގައި ނެތްނަމަ ވާނީ މިފަދަ ގޮތެކެވެ. ތަނުގެ ހިންގުން ބޮއްސުންލައިގެންގޮސް މިހާރު އެތަން ބޭނުންކުރަނީ ވިލިނގިލީގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި އަދި މިދެންނެވި ތަމްހީން ޙަސަންއަށް ވާގިދޭ 5 ނޫނީ 6 ހައެއްކަ ޒުވާނުންނެވެ. އެހެންކަމުން އެތަނުގައި ތަޅާފޮޅުމާއި މާރާމާރީއާއި އެހެނިހެން ކުށްކުރުން އިތުރުވެފައިވެއެވެ.

ދެންއޮތީ އަނެއްކާވެސް “ލާރި ކާ” ވާހަކައެވެ. ޒުވާނުންގެ މަރުކަޒުގައި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުނު ވައިރުކުރުމުގެ ކޯހަކަށް ގެނެސްފައިހުރި ޓޫލްސްތަކާއި، އިލެކްޓްރިކަލް ކޭބަލްތަކާއި، އެހެނިހެން ސާމާނާއި ތަކެތި ކޮބައިބާވައެވެ. އެއެއްޗެތި ތަކުގެ ބޭނުންހިފޭ ދުވަސް މިހާރު މިހިރަ ފެނިގެންދަނީއެވެ. ތަނުގައި ގެންގުޅޭ ދަވާދުދަޅުވެސް ގެއްލެނީއެވެ. މިފަދަ ދަށުދަރަދައިގެ އަމަލުތަކުގެ ސަބަބުން ތަނުގެ ސްޓާފުންގެ ކުރިމަތީގައި ތަމްހީނުގެ އަގެއްނެތެވެ. ނަމަވެސް ތަނުގެ ސްޓާފުންނަށް ބިރުދެއްކުމާއި، ސްޓާފުންނާއި ވާހަކަ ނުދެއްކުމާއި ތަނުގެ ސީނިއަރ ސްޓާފުންނާއި ވާހަކަ ދެއްކުމަށް މެދުވެރިއަކު އައްޔަންކުރުން ކަހަލަ ތާކުންތާކު ނުޖެހޭ ކަންތައްތައް ކުރެއްވުމުގައި ތަމްހީނު އަވަދިނެތި އުޅުއްވައެވެ.

ކޮންމެ ފެށުމަކަށް ނިމުން އަންނަ ފަދައިން ތިކަމަށްވެސް ނިމުމެއް އަންނާނެއެވެ. އެހެންކަމުން އަޅުގަނޑު ތަމްހީނަށް ދަންނަވައިލާނީ ޒުވާނުންގެ މަރުކަޒަކީ ޒުވާނުންނަށް ހުޅުވިފައިހުރި، އެތަނުގެ ބޭނުން އެދެވޭގޮތުގައި ހިފާ ދަރިންތަކެއް އެތާގެ ފުރާޅުގެ ހިޔަލުގައި ބޭތިއްބޭތޯ މަސައްކަތް ކުރައްވާށެވެ. އެތަނުގެ ސްޓާފުންގެ ބޭނުން ހެޔޮގޮތުގައި ހިފާ އެމީހުންނަކީވެސް ތިތަނުން ރާވާ ހިންގާ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާވާ ބަޔަކަށް ހަދާށެވެ. އެހެންނޫނީ އިސާހިތަކު ދެން ފެންނާނީ އެންމެ ތާކުންތާކު ނުޖެހޭ ހިސާބުގައި ހުންނަ މީހަކު ކަމަކަށް އެދުނީމާ ވާނޭގޮތެވެ. އިސްލާޙް ކުރާށެވެ. އިސްލާހަށް ލޯބިކުރާށެވެ. ހެޔޮ ނިޔަތުގައި ކުރާ ހެޔޮ ޢަމަލުތަކަށް ﷲ ހެޔޮ ޖަޒާ މިންވަރުކުރައްވާނެތެވެ.

Posted in editorial | Tagged: , | No Comments »

Maumoon will Visit Villingili

Posted by viligilla on August 19, 2008

މައުމޫން ގއ.ވިލިނގިއްޔަށް ޒިޔާރަތްކުރައްވަނީ

( ހަބަރު؛ މޫސަ – 19 އޮގަސްޓް 2008 )

ޑީއާރުޕީގެ ފަރާތުން ފައްޓާފައިވާ ކެމްޕެއިންގެ ދަށުން އެޕާރޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ގއ. ވިލިގިއްޔަށް ކެމްޕެއިން ދަތުރުގައި ވަޑައިނުގެން ދަތުރުފުޅު ނިންމަވައި ނުލައްވާނެކަން މި ސައިޓުން ޔަގީން ކުރަމެވެ. އެހެނީ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ރަށްތަކަށް އެމަނިކުފާނު ދަތުރުފުޅު ކުރައްވަމުން ގެންދަވާއިރު ލޭގެ ގޮތުން ދުރުން ނަމަވެސް ގުޅުން  އޮތް ރަށް ވިލިގިއްޔަށް ވަޑައިގަންނަވާނެ ކަން ކަށަވަރެވެ. އެކަމަކު އަދި ވަޑައިގަންނަވާނެ ތާރީޚެއް ވިލިނގިލީގައި ހޭދަކުރައްވާނެ ދުވަހުގެ އަދަދެއް މިސައިޓަށް ސާފުވެފައި ނުވާތީ އެއާއި ބެހޭ މައުލޫމާތެއް އެނގުނުހައި އަވަހަކަށް ދަންނަވާނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ކުރީގެ ލިޔުންތަކުގައި ވާފަދައިން ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްގެ މަތިން ހަނދާންކޮށް އަރުވައިލާނަމެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުން މިހާރު އެންމެ ބޮޑު އުދަގުލެއް އެކަމަކުން ތަހައްމަލު ކުރަންޖެހޭ ކަމެއްގެ ވާހަކައިން ބިސްމި ކިޔައިލާނަމެވެ. އެގޮތުން ވިލިނގިލީގެ ނަރުދަމާގެ ނިޒާމް ވީނުވީއެއް ނޭނގި އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައިވާތީ މިކަން އަވަސް ގޮތަކުން ހައްލު ކުރައްވައި ވިލިނގިލީގައި ނަރުދަމާގެ ނިޒާމް އަވަސް މުސްތަގުބަލެއްގައި ގާއިމުކޮށްދެއްވުމަށް ގޮވައިލުމަށް ހަނދާންކޮށް އަރުވަމެވެ. އަދި މިއާއި ވިދިގެން 2008 ވަނަ އަހަރު ޖެނުއަރީގައި ފެށޭނެ ކަމަށް ކުރިން ބުނަމުން އައި ވިލިނގިލީ މަގުހަދާ ޔުނިޓްގެ ކަންތައް އަވަސް ކުރުމަށް ގޮވައިލުމަށް ވެސް ހަނދާންކޮށް އަރުވައިލަމެވެ. ހަމަ އެހެންމެ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ވިލިނގިލީ އެއަރޕޯރޓް މަތިން ކޮންމެހެން ހަނދާންކޮށް މިކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނުވުމަށް ވެސް ހަނދާންކޮށް އަރުވައިލަމެވެ.

އެމަނިކުފާނުގެ މިދަތުރު ފުޅަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މިހޭދަ ކުރެއްވި 30 ހަކަށް އަހަރު ދުވަހުގެ ތެރޭގައި ނުރަސްމީ ދަތުރުފުޅެއްގައި ވިލިނގިއްޔަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރު ފުޅެވެ. ޕާރޓީގެ ޒައީމްގެ ނަމުގައި ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަކީ މިރާއްޖޭގެ މިވަގުތު ހުންނެވި ރައީސުލް ޖުއްހޫރިއްޔާއެވެ. މިހެން ވުމުން މިދެވޭ މެސެޖަކީ ރައީސްއަށް ދެވޭ މެސެޖެކެވެ. އެގޮތުން ރީތި ގޮތުގައި ރައީސްއަށް މިފަދަ ކަންކަމަށް ގޮވައިލާ ފޮތިގަނޑުތަކުން (ބެނާ ތަކުން ) މަރުހަބާ ކިޔުމަށް އިލްތިމާސް ކުރަމެވެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ނުރުހުންތެރިކަން ދެއްކުމެއް ނޫނެވެ. ނަމަވެސް ރަށް ތަރައްގީގެ ދުވެލީގައި އިތުރު ހަރުފަތަކަށް ވާސިލުކުރުމެވެ. މިކަން ހަނދާނުގައި ބަހައްޓަވައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.

Posted in Uncategorized | No Comments »

Do they have any right to damage our environment??

Posted by viligilla on August 18, 2008

އަޅުގަނޑުމެންގެ ތިމާވެށި ހަލާކުކުރުމުގައި އެމީހުންނަށް އޮތީ ކޮންހައްގެއް؟؟

 

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ރަށުގައި ގޯތި ދޫކުރާނޭ ބިމެއް ނެތްތާނގައި އިގުތިޞާދީ ބޭނުންތަކަށް ދޫކުރާނެ ބިމެއްވެސް ނެތެވެ. އެހެންކަމުން ސަރުކާރުން މިކަމަށް ޙައްލެއް ހޯދުމުގެ ބޭނުމުގައި ވިލިނގިލީގައި ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއެއް، ސްނާމީއާއި ގުޅިގެން “ސޭފަރ އައިލަންޑް ފޯރ ލިވިންގ” ގެ ނަމުގައި ތަރައްގީ ކުރުމަށް ނިންމިއެވެ. އެގޮތުން ދިވެހި ސަރުކާރާއި ނެދަރލޭންޑް ސަރުކާރުގެ ހިލޭ އެހީއާއި ، ލޯނު އެހީގައި މިރަށް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް އިސާހިތަކު ފެށިގެން ދިޔައެވެ.

މިހާރު މިއޮތީ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ނިމިފައެވެ. ބިންހިއްކުނު ޞަރަޙައްދުގެ ވަށައިގެން ޖަހަމުންދާ ރިވެޓްމެންޓް އެވަނީ ނިމުމުގެ މަގުމަތީގައެވެ. މި މަޝްރޫޢުގެ ތެރެއިން ތަރައްގީކުރެވުނު އާ ހާބަރުގެ ބްރޭކްވޯޓަރ އަދި ޝީޓްޕައިލްކުރުން އެވަނީ ނިމިފައެވެ. ޖުމްލަކޮށް މުޅިމަޝްރޫޢުގެ ވަރަށްބޮޑުބައެއް މިވަނީ ނިމިފައެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.

އެހެންނަމަވެސް މިދެންނެވި މަޝްރޫޢުގެ މަސައްކަތް މިރަށުގައި ޢަމަލީގޮތުން ކުރަމުންދާ މައި އެއްކުންފުނި ކަމުގައިވާ އެމްޓީހޯގާރޑުން މިރަށުގެ ހިއްކި ޞަރަޙައްދާއި ފަޅުވެއްރެހާ ގުޅުނު އިރުދެކޮނު ފަރާތުގައި (ފަޅުވެއްރެހާގައި) ހުރި ކަނޑޫގަސްތައް (މާވަޓެ ހާއްލާ) އެވަނީ %50 އަށް ކަނޑައި ތިރި ކޮށްފައެވެ. އެގަސްތަކާއި މިދެންނެވި ޕްރިޮޖެކްޓާއި އޮތީ ކޮންގުޅުމެއްހެއްޔެވެ؟  މާވަޓެ ހާއްލާ (ކަނޑޫގަސްތައް) އަށް ވިސްނާލާއިރު އެތަނަކީ އެނޫންތަނެއްގައި މިދެންނެވި ބާވަތުގެ ގަސްތައްހެދޭ ނުވަތަ މިދެންނެވި ބާވަތުގެ ގަސްތައް ފެންނަ ހިސާބެއްނޫނެވެ. އަޅުގަނޑުގެ އުމުރުން މިހާރު މިއީ 36 ވަނަ އަހަރެވެ. ދަންނަވަން ބޭނުންވާ އެއްޗަކީ މީގެ 36 އަހަރުކުރިން އަޅުގަނޑުމެން ކުޑައިރުވެސް ކަނޑޫގަސްތައް އެތާނގައި ހެދިފައިވެއެވެ. އަޅުގަނޑުމެން އެގަސްތަކަށް ގެއްލުމެއް ނުދެމުއެވެ. އެގަސްތައް ކަޑާ އެއިން ބޭނުމެއް ނުކުރަމެވެ.

17 އޯގަސްޓް 2008 ވީ އާދީއްތަ ދުވަހުގެ މެންދުރު 14:10 އެހާކަންހާ އިރު އެއޮތް ހޫނުގަޑީގައިވެސް އެތަނުގައި އަޅުގަނޑު މަޑުކުރަން ޖެހުނީ މިދެންނެވި ގަސްތަކަށް ވެފައިވާ ގޮތެއް ނޭގިގެންނެވެ. މާނައަކީ ވަރަށްވެސް ގިނަ ގަސްތަކެއް ހެދިފައިވާ އެތަނުގައި މިހާރުއެހެރީ ނިސްބަތުން މަދުއަދަދެއްގެ ގަސްކޮޅެކެވެ. އަލުން އިންދިކަމުގައިވިޔަސް އެސައިޒަށް އެގަސްތަށް ބޮޑުވުމަށް ފުދޭވަރަކަށް ގިނަ ދުވަސްތައް ނަގާނެއެވެ. މިއިން އިނގެނީ މިކަންތަކާއި ދޭތެރޭ އަޅުގަނޑުމެން ނުވިސްނާ ކަމެވެ. ރަށުގެ ތިމާވެއްޓާއި ދޭތެރޭ އަޅުގަނޑުމެން ނުވިސްނާ ކަމުގައިވަނީނަމަ ދެން އިތުރަށް ވާހަކަ ދައްކާނޭ ބޭނުމެއް ނެތެވެ. އިސާހިތަކު ފެންނާނީ އެކިޔާކަހަލަ އަނެއް ދިވެހިރާއްޖެއެއް ނޫންބާވައެވެ.

ގައިމު މިރަށަކީވެސް ރަށުއޮފީހަކާއި ކޮމިޓީއެއް އޮތް ރަށެކެވެ. މިއިން އެއްވެސް ކަމެއް އެމީހުންނަށް ހަރާމުން ހަރާމެވެ. އަދިވެސް އެމީހުންނަކަށް މިގަސްތަކަށް ވީގޮތެއް ނޭގެއެވެ. އާއެކެވެ. ނުބީހެންޏާ ކަނޑާހަމައެވެ. ވިލިނގިލީގައި މިރަށުގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ އަމަލީމަސައްކަތް ކުރަމުންދާ ފަރާތުން މިރަށުގައި އުޅޭނޫޅޭގޮތާއި، މިރަށުގައި އެފަރާތުން އެމަސައްކަތް ހިންގާގޮތާއި، ހިއްކި ޞަރަޙައްދަށް ވެފައިއޮތް ގޮތަކާއި އެހެނިހެން އިތުރަށް ބޭނުންވާ ކަންތައްތައް އެނގޭ އެއްވެސް ވެރިޔަކު މިރަށުގައި ނެތެވެ. ވެއަތުވެދިޔަ މަސްދުވަސް ކީއްކުރަން ދެމަސްކުރިންވެސް މިރަށުގެ ކޮމިޓީގެ ބޭފުޅަކުވެސް އަދި ވެރިޔަކުވެސް އެތަނަށް ޒިޔާރަތްކޮށް އެތަން ބަލާފައިނުވާކަމީ އެފަރާތްތަކުން މިކަންކަމާއިމެދު އިހުމާލުވާކަމުގެ ނިޝާނެކެވެ.

ކޮންމެއަކަސް މާކަ ގިނަ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ކޮމިޓީގެ މީހުން އައީ އަމިއްލައަކަށް ނޫނެވެ. އެއީ އަހަރެމެން ވޯޓުދީގެން ހޮވާފައިވާ ބައެކެވެ. ރަށުގެ ވެރިންނަކީ އަހަރެމެން ހޮވި ބައެއް ނޫނެވެ. ނަމަވެސް ސަރުކާރުން އަހަރެމެންނަށް ދެއްވާފައިވާ ހަދިޔާއެކެވެ. ކޮންމެ ކަމެއް ކޮންމެގޮތަކަށްވި ކަމުގައިވިޔަސް ގައިމު މިއިން ކަމަކާ މިދެންނެވި ކޮންމެވެސް އެއްފަރާތުން ޒިންމާނަގާ އަޑުއުފުލާނަމަ އަޅުގަނޑުމެން ރައްޔިތުންނަށް ތަންކޮޅެއް ބޮލަށް ފަސޭހަކޮށް އުޅެވޭނެއެވެ.

Posted in editorial | Tagged: | No Comments »

Land for Bank is ready

Posted by viligilla on August 17, 2008

ބެންކް އިމާރާތްކުރާ ބިން ތައްޔާރުވެފައި

ބެންކް އޮފް މޯލްޑިވެސް އިން ވިލިނގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކޮށްފިއެވެ. ކުރިން މިބިން ބޭނުން ކުރަމުން އައީ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ އެމްޓީ ހޯގާރޑްގެ ފަރާތުންނެވެ. އެކުންފުނީގެ އޮފީސް އިމާރާތާއި އެހެނިހެން ބޭނުމަށް މިތަން މިހާތަނަށް ބޭނުން ކުރަމުން އައީ މިފަރާތުންނެވެ. ނަމަވެސް ބެންކްގެ އިމާރާތް އެޅުމަށް އަލިހަވާސާ ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލުކުރެވި، އަދި ބިން އެފަރާތާއި ހަވާލު ނުކުރެވި ގިނަ ދުވަސް ވަމުން ދިއުމުން އެފަރާތުން ޝަކުވާ ކުރުމުން މިހަފްތާގެ ތެރޭގައި އެބިން ވަނީ  ސާފުކުރުމަށް ފަހު އަލިހަވާސާއާއި ހަވާލުކޮށްފައެވެ. މިއީ ދަތި އަދި ތާށި ގޮތަކަށް ސީނާ ގޭގައި ބޭންކިންގ ހިދުމަތް ލިބުމަށް ފަހު އެކަމަށް ރަގަޅު ހައްލެއް ލިބުމަށް ކޮށޭ މަގެކެވެ. އުންމީދު ކުރަނީ ކައިރި މުސްތަގުބަލެއްގައި މިއިމާރާތް ނިމި ބެންކިންގ ގެ ހިދުމަތް މިތަނުން ލިބިގެން ދާނެ ކަމުގައެވެ.

Posted in News | Tagged: , | No Comments »

Meeting with fire and rescue unit

Posted by viligilla on August 9, 2008

ފަޔަރ އެންޑް ރެސްކިއު އަށް ކުރިމަތިލި މީހުންނާއި ބައްދަލުކޮށްފި

( ހަބަރު؛ އަލީ – 9 އޮގަސްޓް 2008 )

ވިލިނގިލީގައި ގާއިމު ކުރަން ހަމަޖެހިފައިވާ ފަޔަރ އެންޑް ރެސްކިއު ޔުނިޓް އަށް ކުރިމަތިލި ފަރާތްތަކާއި އެކު 7 އޮގަސްޓް 2008 ދުވަހުގެ ރޭ އަތޮޅު އޮފީހުގެ ޖަލްސާކުރާ މާލަމްގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ސިފައިންގެ ބޭފުޅުންގެ އިތުރުން އަތޮޅުވެރިޔާ ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް ވަނީ ހަބަރު ލިބިފައެވެ. 40 އެއްހާ ފަރާތަކުން ކުރިމަތިލި މި މަގާމްތަކަށް ހޮވަން ހަމަޖެހިފައި ވަނީ 15 މުވައްވަފަކެވެ. މި ޔުނިޓަށް ކުރިމަތިލި ފަރާތްތަކާއި އެކީ މި ބޭއްވުނު ބައްދަލުވުމަކީ އެކަމާއި ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. އަދި މިކަމަށް ހޮވޭ ފަރާތްތަކަށް އަދި ފިޒިކަލް ޓެސްޓެއްވެސް ބޭއްވޭނެއެވެ. މިއީ ފިޒިކަލީ ވަރަށް ފިޓް ވާންޖެހޭ ބަޔަކަށް ވާތީވެ މިކަމަށްޓަކައި ހާއްސަ ފިސިކަލް ޓެސްޓްތަކެއް ވަރަށް އަވަހަށް ބޭއްވޭނެއެވެ.  އަދި މިއަދު އިންޓަރވިއުގެ ކަންތައް މިހާރު ކުރިޔަށް އެބަދެއެވެ.

Posted in News | Tagged: , , | 2 Comments »

Mining for Diamond in Villingili

Posted by viligilla on August 2, 2008

ވިލިނގިލީ ބިމުން ޖަވާހިރު ކޯދުލާ އަރަނީ

( އަވަސް ހަބަރު؛ ދެރަހަ - 2 އޮގަސްޓް 2008 )

ބިން ހިއްކުމުގެ މަޝްރޫއު އާއި ގުޅިގެން ވަގުތީ - ދާއިމީކޮށް ހެދުނު ނަރުދަމާގެ ކަންތައް މިހާރު ކެތް ނުކުރެވޭހާ ހިސާބަށް ހިގައްޖެއެވެ. ރަށުގެ މަގު މަތީގައި ހަދާފައިވާ ޖަންކްޝަން ތަކުންނާއި މަގުގެ އެކި ދިމަދިމާއިން ނަޖިސް ފެން އަރަނީއެވެ. ފާހާނާ ތަށިންނާއި ފެން ހިންދާއިންނެވެ. މިކަމަކާއި ހެދި މަގުތަކުގައި ހިނގޭ ވަރެއް ނުވެއެވެ.

މިވާހަކަ ރަށުގެ ވެރިންގެ ސަމާލުކަމަށް ގެނައުމަށް މިސައިޓުން ވަނީ މީގެ ދުވަސް ކޮޅެއް ކުރިންވެސް ގޮވައިލާފައެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއް މަގެއް ނުފެނިގެން އުޅެނިކޮށް އިހަކަށް ދުވަހު ރައްޔިތުންެ ތެރެއިން ބަޔަކު ވަނީ އަތޮޅުވެރިޔާއާއި މިކަމާއި ބެހޭ ގޮތުން ބައްދަލުކޮށްފައެވެ. ޖެހިގެން އައި ދުވަހު ރަށު އޮފީހުގެ ބޭފުންނާއި އަތޮޅު އޮފީހުގެ ބައެއް ބޭފުޅުން ގެތަކުގެ ނަރުދަމާގެ ކަންތައް ވަނީ ބައްލަވާފައެވެ. އެހެނަސް އެކަމަށް ހައްލެއް ނުހޯދިގެން އުޅެނިކޮށް މިއަދު މިފެންނަނީ މަގުތަކުގެ އެކި ދިމަދިމާއިން ކޮނެ ޖަންކްޝަން ވަޅުތައް ސާފުކުރާތަނެވެ. ކޮނެފަ ހުރި ވަޅުގަނޑުތައް ގިނަކަމުން މަގުމަތީ ޖަހާ ބޯޑެއްވެސް ނުޖަހައި ކޮންނަމުން އެދަނީ އެހެން ގޮތެއް ނެތިގެންނެވެ. މިތަންތަނަކީ ރައްޔިތުން އަމިއްލައަށް ހަދައި ބޭނުންކުރަމުން އައި ތަންތަން ކަމުގައި ވިޔަސް މީގެ ކުރިން މިފަދަ މައްސަލަތަކެއް ދިމަލެއް ނުވެއެވެ. ފަސޭހަ ކަމާއި އެކީ ނަޖިސް ފެން ބޭރުކުރަމުން އައި ހޮޅި ތަކެކެވެ. ނަމަވެސް ފަހުން ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެއް ހޮޅިއަކުން ހުރިހާ ލައިނެއް ގުޅުވައިލުމުން މިކަންތައްގަނޑު ދިމާވާން ފެށީއެވެ. ބަލަންވީ ވަރު ނުބެލީމައެވެ.

ވިލިނގިލީގެ މަގުތަކަކީ މިހާރުވެސް އަޑިގުޑަން ގިނަ މަގުތަކަކަށް ވީހިނދު މިގޮތަށް އިރުއިރު ކޮޅާ ކޮންނަން ވެއްޖެ ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިހާރު ހުރި ވަޅުގަނޑުތައް މަދީ ހެއްޔެވެ؟ މަގުމަތީ ޖަންކްޝަންތައް އިރުއިރު ކޮޅާ މަތި ނަގައި ސާފުކުރަން ވެއްޖެ ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މަގުތަކުގެ ހާލަތު އިތުރަށް ގޯސް ވުމުގެ އިތުރުށް ބަލި މަޑުކަށް ފެތުރުމަށް މަގުފަހިކޮށްދޭނެކަން ޔަގީނެވެ.

މިކަންތައްތައް އެއްކައިރި ކޮށްފައި ދަންނަވަން ޖެހޭނީ އެމެރިކަން ރެޑް ކްރޮސްގެ ފަރާތުން ވިލިނގިލީގައި ގާއިމުކޮށްދެއްވުމަށް ހަމަޖެހުނު ނަރުދަމާގެ ނިޒާމް ކޮބައި ބާވައެވެ؟ ވިލިނގިލީ ބޮޑު ކަތީބު އަބްދުލް މަޖީދު އެކަމަށް އެއްވެސް މަސައްކަތެއް ކުރައްވާތޯއެވެ؟ ގެންގުޅުއްވާ ކުޑަ ފޮތުގައި މިވާހަކަ ނުލިޔުއްވަނީ ހެއްޔެވެ؟ މިކަމާ މަސައްކަތް ކުރައްވާ ނަމަ މިހާރު މިކަމެއް ފެށޭހައި ދުވަސް ވެއްޖެ އެއް ނޫންހެއްޔެވެ؟ ދެން އޮތީ މަގު ހަދާ ޔުނިޓްގެ ވާހަކައެވެ. އެކަމަކީވެސް މިއަހަރު ޖެނުއަރީގައި ފެށްޓުމަށްޓަކައި އެކަމަށް ބޭނުންވާ ސާމާނު ގެނެވުނު ޕްރޮޖެކްޓެކެވެ. މިކަންވެސް މިހާރު ވީ ނުވީއެއް ނޭނގެއެވެ.

ސާބަހޭ އަބްދުލް މަޖީދު ތިޔަހެއް އަތޮޅު އޮފީހުގެ ޖަލްސާކުރާ މާލަމުގައި ފޮނި ވާހަކަތަކެއް މިއަދު ދައްކަވަން އިންނަވާއިރު މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު މިއޮތްގަދަ ހޫނުގައި މަގު މަތީގައި ޖަންކްޝަން ވަޅުގަނޑު ކޮންނަނީއެވެ. މިކަމާއި މެދަކަށް ނުވިސްނަވަމު ތޯއެވެ.

Posted in Sports | Tagged: , , , | 1 Comment »

Old and Simple Sewage System gets on trouble

Posted by viligilla on July 31, 2008

ނަރުދަމާގެ އެކި އެކި މައްސަލަތައް ފެންމަތި ވަނީ

( ރިޕޯރޓު؛ ކުއްޓީ - 31 ޖުލައި 2008 )

ކުރިން ރަށުގައި ނަރުދަމާގެ ފެން ހިންދަން ބޭނުން ކުރަމުން އައި ފާޚާނާ ހޮޅިތައް ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ފެއްޓުމަށްޓަކައި ވަނީ ވަގުތީގޮތުން އެއް ހޮޅިއަކުން ގުޅާލައި ނަރުދަމާގެ ފެން ހިންދަމުން ވަނީ ގެންގޮސްފައެވެ. މިކަންތައް މިގޮތަށް ކޮށްފައި ވަނީ ބިން ހިއްކުމުގެ މަސައްކަތުގެ ސަބަބުން ރަށުގެ އިރުމަތީ ފަރާތު ފަޅުތެރެއަށް ދޫކޮށްފައިވާ ފާޚާނާ ހޮޅިތައް ބެދި ނަރުދަމާގެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ހީކޮށްކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދަނީ ކިހިނެތް ތޯއެވެ.

މިސައިޓަށް ހަބަރު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ނަރުދަމާގެ އެއް ލައިން ޝެއަރ ކުރާ މަގެއްގެ މީހުން ވަނީ އަތޮޅު ވެރިޔާއާއި ރަށުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މީގެ ސަބަބަކަށް ވަނީ ކުރިން ދެންނެވުނުހެން އެއް ހޮޅިއަކަށް ހުރިހާ ކުދި ނަރުދަމާ ހޮޅިތައް ގުޅާލި އިރު ބަލަން ޖެހޭ ވަރަށް ނުބަލައި އެކަން ކުރުވާފައިވާތީއެވެ. މިކަމުގެ ސަބަބުން ލައިން ބްލޮކް ވުމާއި އޯވަރ ފްލޯ ވުމުގެ މައްސަލަ މިހާރު ވަނީ ކުރިމަތިވާން ފަށައިފައެވެ. މިކަމާއި ގުޅިގެން މިއަދުގެ ވަގުތެއްގައި ރަށު އޮފީހުގެ ވެރިންނާއި އަތޮޅު އޮފީހުގެ ފަރާތުން ވަނީ މިކަންތައް ބައްލަވާލެއްވުމަށް އެތަންތަނަށް ޒިޔާރަތްކޮށްފައެވެ.

ނަރުދަމާގެ ވާހަކަ ދައްކާއިރު އެމެރިކަން ރެޑް ކޮރޮސްގެ ފަރާތުން ވިލިނގިލީގައި ހެދުމަށް ހަމަޖެހި ޕްލޭންތައް އެކުލަވައިލެވި ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައަކަށް މީގެ ދުވަސްކޮޅެއް ކުރިން ހުށަލެޅި ނަރުދަމާގެ ޕްރޮޖެކް ކަންތައް އޮތީ ކިހާ ހިސާބަކު ހެއްޔެވެ؟ މިކަމަށް ހުއްދަ ނުދެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ނޫން ނަމަ މިކަން ނުފެށިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ މިކަން މިގޮތަށް ދޫކޮށް މިކަމާއި މެދު މިވަރަށް ފަރުވާ ކުޑަ ވުމަކީ ކުރިން ހަޑަސް ބުރި އަށް ފާހާނާ ކުރި އިރު ރަށްރަށުގެ ނަޖިހުގެ ކަންތައް އޮތް ހިސާބަށް ހާލަތު ދަށްކުރުމެވެ.

Posted in people | Tagged: , , | No Comments »

Teach them how to learn

Posted by viligilla on July 29, 2008

ދަސްކުރާށޭ ބުންޏަކަށް ނުވާނެއެވެ

( މައުލޫމާތުު؛ ރަންނަމާރި - 29 ޖުލައި 2008 )

ގިނަ ޓީޗަރުން އަބަދުވެސް ދައްކާ ވާހަކައެކެވެ. ކުދިންނަށް ދަސްކުރަން ހަވާލުކުރާ ފިލާވަޅު ބައެއް ފަހަރު ދަސްނުކުރާ ކްލާހަށް އަންނަ ވާހަކައެވެ. ބައެއް ބެލެނެވެރިން ވެސް ތިމާގެ ދަރިފުޅު އެވަރަށް ކިޔަވާއިރު ވެސް އެކައްޗެއްވެސް ދަސްނުވާ ކަމަށް ބުނެއެވެ. މިއީ ކޮންމެ މުޖުތަމައެއްގައި ވެސް ހުންނާނެ ކަންތައްތަކެކެވެ.

އާނއެކެވެ. މިއީ ދިމާވެދާނެ ކަމެކެވެ. މިއީ އަކީ އަދި މައްސަލައެއް ނޫނެވެ. މިކަމުގައި ތަފާތު މައްސަލަތައް މެދުވެރިއަކަށް ވެއެވެ. މި ލިޔުމުގައި އެކިވައްތަރަށް ދަސްކުރާ ކުދިންނަށް އަލި އަޅުވައިލާނަމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފިލާވަޅު ދަސްކުރުމުގައި ތަފާތު 4 ވައްތަރެއްގެ ކުދިން އުޅެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޝުއަލް ލާރނާސް، ވާރބަލް ލާރނާސް، އޮޑިޓަރީ ލާރނާސް އަދި ކައިނެޓިކް ލާރނާސް ހިމެނެއެވެ.

-         ވިޝުއަލް ލާރނާސް އަކީ އެކުދިންނަށް ބޭނުންވާ މައުލޫމާތުތައް ކުރެހުމުން، ފޮޓޯއިން، ޗާޓުން، ވީޑިއޯ ފަދަ ތަކެތިން ފަސޭހަ ކަމާއި އެކު ލިބިގަންނަ ކުދިންނެވެ. އެފަދަ ކުދިންނަށް ދަސްކުރަން ބޭނުންވާ އެއްޗެއްގެ މައިގަނޑު ބައިތައް ލިޔެގެން ދަސްކުރެއެވެ.

-         ވާރބަލް ލާރނާސް އަކީ ކިޔާ އެއްޗަކުން ދޭހަ ލިބިގަންނަ ކުދިންނެވެ.  މިފަދަ ކުދިން ދަސްކުރުމަށް ފިލާވަޅު ކިޔައި ހަދާނެއެވެ. މިއީ އެންމެ އާންމު ކަމަށް ބެލެވޭ ގޮތެވެ.

-         އޮޑިޓަރީ ލާރނާސް އަކީ ކްލާސްތެރޭގައި ޓީޗަރު ކިޔައިދޭ އެއްޗެއް ވަގުތުން ސިކުނޑީގައި ރައްކާ ކުރާ ކުދިންނެވެ. މިފަދަ ކުދިން ގިނަ ވަގުތު ފިލާވަޅު ކިޔުމުގައި ހޭދަ ކުރުމުގެ ބަދަލުގައި ކްލާހުގައި ޓީޗަރު ކިޔައިދޭ އެއްޗަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެއެވެ.

-         ކައިނެޓިކް ލާރނާސް އަކީ ކުރިން ދެންނެވުނު ކުދިންނާއި ހިލާފަށް ތަންކޮޅެއް ހަލަނިކޮށް އުޅެން ބޭނުންވާ ކުދިންނެވެ. މިފަދަ ކުދިން ފިލާވަޅާއި ގުޅޭ ރޯލް ޕްލޭތަކުންނާއި އެފަދަ ހަރަކާތްތަކުން ފިލާވަޅު ދަސްކުރެއެވެ.

ކުދިން ފިލާވަޅު ދަސްކުރަން އެކަށޭނެ ފަދަ މާހައުލެއް ބިނާ ކުރުމަކީ ފިލާވަޅުތައް ދަަސްކުރަން ފަސޭހައަކަށް ވެގެން ދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެއްވަގުތެއްގައި ފިލާވަޅުތައް ދަސްކުރުމުގައި ހޭދަކުރުމުން ވަގުތަށް ކަމޭހިތުމަށް އާދަވާނެއެވެ. އަދި ދުވަހުގެ ތާވަލް ގައި ކިޔަވާ ގަޑިއާއި، ކުޅޭ ގަޑިޔާއި، ޓިވީ ބަލާ ގަޑިޔާއި، ހޯމް ވޯރކް ހަދާ ގަޑިތައް ވަކި ތަރުތީބަކުން ކުއްޖާއާއި މަޝްވަރާކޮށް ރާވައިލުމުން ކުއްޖާ ޒިންމާދާރު މީހަކަށް ވުމަށް މަގުފަހި ކޮށްދޭނެއެވެ. ހަމަ އެގޮތުން ނަމާދު ވަގުތަށް މިސްކިތައް އެކުގައި ގެންދިއުން ނުވަތަ ފޮނުވިދާނެއެވެ. އަދި ފޮނުވާ ކަމުގައި ވަނީ ނަމަ ހަދާ ނަހަދާ ބަލަން ޖެހޭނެއެވެ. މިއީ ކުއްޖާއަށް އިތުބާރު ނުކުރުމެއް ނޫނެވެ. އެކަމަކު އަބަދުވެސް އަޅާލާކަން ހާމަ ކުރުމެވެ.

Posted in Education | Tagged: , , , , | No Comments »

Yeah.., Independent?!?

Posted by viligilla on July 26, 2008

އާނ..، މިނިވަނަކީމެވެ؟!؟

( މިނިވަން ދުވަހުގެ ހާއްސަ - 26 ޖުލައި 2008 )

އިނގިރޭސިންގެ އަޅުވެތި ކަމުގައި ދުވަސްތަކަކަށް އުޅުމަށް ފަހު 26 ޖުލައި 1965 ގައި ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް އަޅުގަނޑުމެން އުފާވެރި ދުވަހެއްގެ ގޮތުގައި މިއަންނަނީ ފާހަގަ ކުރަމުންނެވެ. މިއީ ބޮޑު ހަނގުރާމައެއްކޮށް ހޯދުނު ނަސްރަކަށް ނުވިޔަސް ހިކުމަތްތެރިކަމާއި ރޭއްވެވުންތެރި ކަމާއި އެކީ ދެކެވުނު މަޝްވަރާގެ މައްޗަށް ލިބުނު ކާމިޔާބީއެކެވެ.

އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އަޅުވެތިކަމުގެ އަދިރިން ތިމާގެ ﺤﻴﺎﺕއަށް ހިޔަނި އެޅޭކަށް ނޭދޭނެކަން ކަށަވަރެވެ. އެންމެންވެސް އެދޭނީ މިނިވަންކަމާއި އެކީ އުފަލުގައި ތިމާގެ އަނބިދަރިންނާއި އެކު ﺤﻴﺎﺕގެ ބާކީ އޮތް ދުވަސްތައް ގުނާލާާށެވެ. އުފަލާއި ހިތްހަމަ ޖެހުމާއި ދުރުގައި އުޅެން ބޭނުންވާނެ އެކަކުވެސް ނުހުންނާނެކަން ﻴﻘﻴﻥއެވެ.

މިނިވަންކަން އެކި ބޭފުޅުން އެކި ގޮތަށް މާނަ ކުރައްވައެވެ. މިފަހަރު އަޅުގަނޑު  މާނަކުރާގޮތް ލުއި ގޮތަކަށް ތިޔަ ބޭފުޅުންނާއި އެކީ ހިއްސާކޮށްލާނަމެވެ. އޭގެ މާނަ ދެނެގަތުމަށްޓަކައި ފުރަތަމަ އެބަސް ތިން ބަޔަކަށް އަޅުގަނޑު ބަހާލީމެވެ. މިނި-– ވަން- ކަން- މި ތިން ބަޔަށް ބަހާލީމެވެ.

އެގޮތުން ބަލާލާއިރު؛

މިނި؛ މިބަހުން ދޭހަވާލަފްޒީ މާނަ އަކީ އިންސާނުން،

ވަން؛ މިބަހުގެ ލަފްޒީ މާނަ އަކީ އެއްގޮތްކަން އަދި

ކަން؛ މިބަހުގެ މާނައަކީ ކަންތައް - މިއެވެ.

މި ﻠﻓﺯﻱ މާނަތައް ގުޅުވާލުމުން އެކުލެވޭ ﻤﻌﻦއީ “ހުރިހާ ކަމެއްގައި ﺇﻨﺴﺎﻥންގެ މެދުގައި އެއްގޮތްކަން” މިއެވެ. މިއީ އަޅުގަނޑަށް މާނަ ކުރެވޭ ގޮތެވެ. އެހެން މީހަކު މިޔަށް ކިޔާފާނެ ފާޑުކިޔުމަކަށް އަޅުގަނޑު އެއްވެސް ދިލްޗަސްބުކަމެއް ނުދެމެވެ.

މިނިވަންކަމޭ ބުނުމުން އޭގެ މިންތަކަކާއި ހައްދުތަކެއްވެސް އޮންނަން ޖެހޭނެ ކަމަށް ﻗﺑﻮﻞކުރެވެއެވެ. އެގޮތުން އަޅުގަނޑުމެންެ ގޯތިތަކުގެ އިންފާރުތަކުން އެކެއްގެ ގެ އަނެކަކުގެ ގެއާއި ވަކިވާގޮތަށް އިންފާރުތައް ފާހަގަ ކުރެވިފައިވާ ފަދައިން އެކެއްގެ މިނިވަންކަން ގޮސް ނިމޭނީ އަނެކަކުގެ މިނިވަންކަން ފެށޭ ހިސާބުންނޭ ކެރި ހުރެ އަޅުގަނޑު ދަންނަވާލާނަމެވެ. އަޅުގަނޑުމެންނީ ﻤﺴﻠﻢން ކަމުގައި ވީހިނދު އަޅުގަނޑުމެންގެ ﺪﻴﻦގައިވެސް އަޅުގަނޑުމެން އުޅެންވީ ގޮތްތައް ނުވަތަ ﺣﺩﻮﺩތަކެއް ވަނީ އަންގަވާފައެވެ. އެގޮތުގައި އުޅެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މީހުނަށް ހެއްޔެވެ؟

އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ތިމާގެ ފަސްބައިގައި ލައްގަޑެއް ޖެހޭކަން ނޭދޭނެކަން އަޅުގަނޑު ﻴﻘﻴﻥކުރަމެވެ. އެކަމަކު އެހެން މީހުންގެ ﺴﻴﺮﺓއަށް ހުތުރު އަރުވާލަށް ފަސްނުޖެހޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ބައެއް ފަހަރު ހީވަނީ ތިމާގެ ﺣﻴﺛﻴﺔ ދައްކުވައިދެނީ ތިމާއަށް ލިބިފައިވާ ‘ހަރު’ އަޑަކުން ކަމުގައެވެ. ނުވަތަ ތިމާގެ ﻨﻓﻭﺯން ކަމުގައެވެ. މިހެން ހިތައި އެހެން މީހުންގެ މައްޗަށް ﻧﻔﻮﺬ ހިންގައި އަޑުގަދަކޮށް ހަދައެވެ. އަދި އެހެން މީހުން ﺠﻮﺍﺐ ގައި އެވަރަށް އަޑުގަދަކޮށް ނެހެދުމުން ހީވަނީ އެއީ ތިމާއަށް ﺇﺨﺘﺮﺍﻡ ކުރަނީ ކަމުގައެވެ. އެކަމަކު ﺣﻘﻴﻘﺔއަކީ މިއީތޯއެވެ. ނޫނެކެވެ. ﺣﻘﻴﻘﺔއަކީ އެމީހުންނަކީ ރީތީބަހުން ވާހަކަ ދައްކައި އެހެން މީހުންނަށް ﺇﺨﺘﺮﺍﻡ ކުރުމަށް ލޯބި ކުރާ ބަޔަކަށް ވާތީ އެހެން މީހުންގެ ﺣﺮﻤﺔއަށް ބަލާފައި ހަނު ތިބެވެނީއެވެ. މިއީވެސް މިނިވަންކަމުގެ ވާހަކަ ދެކެވޭ ހިނދު ފާހަގަކޮށްލަން މުހިންމު ކަމެކެވެ.

އަޅުގަނޑުމެންގެ ޅަދަރިން ކުރިން ލައްވައި އުޅުނު ހެދުންތައް މިހާރު އަޅުގަނޑުމެންގެ ޒުވާނުންލައި އުޅުމަކީ ޒުވާނުން ‘ޅަވުން’ ނުވަތަ ހުޅަނގުގެ ގޮތަށް އުޅެން ފެށުންބާވައެވެ؟ އަޅުގަނޑުމެންނަށް ޓީވީން ފެންނަ ﻤﺷﻬﻭﺮ ތަރިންނާއި އެހެނިހެން ﻤﺷﻬﻭﺮ ހުޅަނގުގެ ފަރާތްތައް ނިވައިކަން ކުޑަު ހެދުންލައި އުޅޭތަން ފެނި އެގޮތަށް އެހެދުން އަޅުގަނޑުމެން ގަޔަށް ހެޔޮވަރު ކުރުމަކަށް ﺘﺮﻘﻲއޭ ކިޔޭނެ އެއްވެސް ގޮތެއް ހުއްޖަތެއް އަޅުގަނޑަކަށް ނުފެނެއެވެެ. އެއަށް އަޅުގަނޑު ނަން ކިޔާނީ ހުޅަނގުގެ ލާދީނީ އުސޫލުތަކުގެ ތެރެއަށް އަޅުވެތި ވުމެވެ. އަޅުގަނޑުމެންނީ ސައްތަ އިންސައްތަ ﻣﺳﻠﻡ ބަޔަކު ކަމުގައިވެ އެފަދަ ނިވާކަން ކުޑަ ހެދުން އެ އެޅެނީ އެއާދަތަކަށް އަޅުވެތިވުމުގެ ސަބަބުންނެވެ. މިއީ އަޅުގަނޑުމެންގެ ލިޔުންތެރިން އަބަދުވެސް އެކަމެއްގެ ވާހަކަ ދައްކައި ސަމާލުވުމަށް ގޮވާލާ ﻓﻜﺮﻱ ހަނގުރާމައިގެ މަޅިތަކެވެ. އަޅުވެތި ކަމެވެ.

އަޅުގަނޑުމެން މި ދިވެހި މުޖުތަމައަކީ މީގެ ކުރިން އަޅުގަނޑުމެންގެ އަވަށްޓެރިޔާ ނުކައި ހުރިކަން އެނގިއްޖެ ހިނދެއްގައި އަވައްޓެރިޔާއަށް ނުދީ ކާން ނުކެރޭ މީހުން އުޅެމުން އައި ތަނެކެވެ. އަވަށްޓެރިޔާ އަށް ކާއެތިކޮޅު ފޯރުކޮށްދިނުމަށް އަވަސްވެ ގަންނަމުއެވެ. މިއީވެސް ދުވަހެކެވެ. މިހާރު ކަންތައްތައް ވަމުން ދަނީ މިހެން ތޯއެވެ. އަވަށްޓެރިޔާއަށް ކާއެތިކޮޅު ލިބުނުތޯ ނުބަލާ ތާނގައި، ގޭގައި ހާއްސަ ކަމަކާއި ގުޅުވައި ހަދާާ ކާއެތިކޮޅުގެ ރަހަވެސް އަވަށްޓެރިޔާއަށް ދައްކައިނުލެވެއެވެ. އަދި ނުވިތާކަށް އަޅުގަނޑުމެންގެ މުޖުތަމައިގައި މިހާރު ފެތުރިފައިވާ އިޖްތިމާއީ ބަލިމަޑުކަމެއްގެ ސަބަބުން ދޭދޭ މީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުންތައް ވެސް މިހާރު އޮންނަނީ ހީވެސް ނުކުރާހާ ގޮތަކަށެވެ. އަދި ދަންނަވަންތޯއެވެ. ގޭގެ ދޮރާށިން ބޭރު ގިނަ ފަހަރަށް ސިފަ ކުރެވެނީ ހުރަ ގެއެއް ކަމުގައެވެ. ނޫނީ އެއަށްވުރެ ދަށު ދަރަޖައިގެ ތަނެއް ކަމުގައެވެ.

އާނއެކެވެ. މިނޫނަސް މިދަންނަވާ ކެޓަގަރިގެ ކިތަންމެ ކަމެއް ހުންނާނެއެވެ. މިހެންވުމުން ތިމާއަކީ މިނިވަނެކޭ ބުނާއިރު ތިމާމިވަނީ ހަވާދު މުގުރާ ރިހި ވަނަކަށެވެ.

މިނިވަންދުވަހުގެ ތަހހުނިޔާއާއި ހެޔޮ އެދުން މިސައިޓުގެ މެނޭޖްމަންޓާއި ލިޔުންތެރިންގެ ފަރާތުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި ހާއްސަކޮށް މިސައިޓް ބައްލަވާ އެންމެހައި ފަރާތްތަކަށް އިހްލާސްތެރިކަމާއި އެކީ އަރިސްކުރަމެވެ.

Posted in editorial | Tagged: , , , , , | No Comments »