ނަރުދަމާގެ އެކި އެކި މައްސަލަތައް ފެންމަތި ވަނީ
( ރިޕޯރޓު؛ ކުއްޓީ – 31 ޖުލައި 2008 )
ކުރިން ރަށުގައި ނަރުދަމާގެ ފެން ހިންދަން ބޭނުން ކުރަމުން އައި ފާޚާނާ ހޮޅިތައް ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ފެއްޓުމަށްޓަކައި ވަނީ ވަގުތީގޮތުން އެއް ހޮޅިއަކުން ގުޅާލައި ނަރުދަމާގެ ފެން ހިންދަމުން ވަނީ ގެންގޮސްފައެވެ. މިކަންތައް މިގޮތަށް ކޮށްފައި ވަނީ ބިން ހިއްކުމުގެ މަސައްކަތުގެ ސަބަބުން ރަށުގެ އިރުމަތީ ފަރާތު ފަޅުތެރެއަށް ދޫކޮށްފައިވާ ފާޚާނާ ހޮޅިތައް ބެދި ނަރުދަމާގެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ހީކޮށްކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދަނީ ކިހިނެތް ތޯއެވެ.
މިސައިޓަށް ހަބަރު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ނަރުދަމާގެ އެއް ލައިން ޝެއަރ ކުރާ މަގެއްގެ މީހުން ވަނީ އަތޮޅު ވެރިޔާއާއި ރަށުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މީގެ ސަބަބަކަށް ވަނީ ކުރިން ދެންނެވުނުހެން އެއް ހޮޅިއަކަށް ހުރިހާ ކުދި ނަރުދަމާ ހޮޅިތައް ގުޅާލި އިރު ބަލަން ޖެހޭ ވަރަށް ނުބަލައި އެކަން ކުރުވާފައިވާތީއެވެ. މިކަމުގެ ސަބަބުން ލައިން ބްލޮކް ވުމާއި އޯވަރ ފްލޯ ވުމުގެ މައްސަލަ މިހާރު ވަނީ ކުރިމަތިވާން ފަށައިފައެވެ. މިކަމާއި ގުޅިގެން މިއަދުގެ ވަގުތެއްގައި ރަށު އޮފީހުގެ ވެރިންނާއި އަތޮޅު އޮފީހުގެ ފަރާތުން ވަނީ މިކަންތައް ބައްލަވާލެއްވުމަށް އެތަންތަނަށް ޒިޔާރަތްކޮށްފައެވެ.
ނަރުދަމާގެ ވާހަކަ ދައްކާއިރު އެމެރިކަން ރެޑް ކޮރޮސްގެ ފަރާތުން ވިލިނގިލީގައި ހެދުމަށް ހަމަޖެހި ޕްލޭންތައް އެކުލަވައިލެވި ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައަކަށް މީގެ ދުވަސްކޮޅެއް ކުރިން ހުށަލެޅި ނަރުދަމާގެ ޕްރޮޖެކް ކަންތައް އޮތީ ކިހާ ހިސާބަކު ހެއްޔެވެ؟ މިކަމަށް ހުއްދަ ނުދެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ނޫން ނަމަ މިކަން ނުފެށިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ މިކަން މިގޮތަށް ދޫކޮށް މިކަމާއި މެދު މިވަރަށް ފަރުވާ ކުޑަ ވުމަކީ ކުރިން ހަޑަސް ބުރި އަށް ފާހާނާ ކުރި އިރު ރަށްރަށުގެ ނަޖިހުގެ ކަންތައް އޮތް ހިސާބަށް ހާލަތު ދަށްކުރުމެވެ.