މީގެ 20 އަހަރު ކުރިން

( 03 ނޮވެމްބަރ 1988 ގެ ހާދިސާއާއި ގުޅިގެން 18 ނޮެވެމްބަރ 1988 ގައި މާލޭގައި ބޭއްވި މުޒާހަރާގައި އަދުނާނު ހަލީމު ދެއްކެވި ވާހަކަ ފުޅު. އޭރު އަދުނާން ހަލީމަކީ ގއ. އަތޮޅުވެރިޔާގެ އެހީތެރިޔާ – 18 ނޮވެމްބަރ 2008 )

އާދެ! އަޅުގަނޑު މިތަނަށް އައިސް މިހުއްޓުނީ އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރުތަކެއް ހާމަކޮށްލުމަށްޓަކައި. އާދެ! އަޅުގަނޑަކީ ހުވަދު އަތޮޅު ވިލިނގިލީގެ ދަރިއެއް، ހުވަދު އަތޮޅު ވިލިނގިލީގެ ދަރިއެއް. އާދެ! އަޅުގަނޑު މާލޭގަ އެރޭ ނިދާފައި އޮތިން. އަޅުގަނޑު ކުޑަ ޗުއްޓީއަކަށް މާލެއަށް ހުރިން. ގާތްގަޑަކަށް އެރެއަކީ އަޅުގަނޑަށް އަލަށް ފިރިހެން ކުއްޖަކު. އާދެ! ރާއްޖެއަށް ޖިހާދުކުރާނެ މުޖާހިދަކު ލިބިނުތާ ވިއްސަކަށް ދުވަސްވީ ރޭ. އާދެ! އަޅުގަނޑު އެރޭ ނިދާފަ އޮއްވާ އަޅުގަނޑަށް ބަޑީގެ އަޑު އިވުމާއި އެކު ނުކުމެގެން ދިއަޔީ. އާދެ! އަޅުގަނޑު ގޮސް ޚަބަރު ބެލިން ކިހިނެތްތޯ ވަނީ؟ ރާއްޖޭގެ ކަންތައްތައް ކިހިނެތްތޯ ހުރީ؟ ރައީސުލް ޖުމްހޫރިއްޔާގެ ހާލުކޮޅަކީ ކޮބައިތޯ؟ އާދެ! އަޑު އަރާފައި އޮތް ގޮތުން ކަމަށް ވަންޏާ އެކި އެކި ކެބިނެޓް މިނިސްޓަރުންގެ ހާލުކޮޅުތައް އޮތީ ކިހިނެތްތޯ؟ އަޅުގަނޑު ހަބަރު ފިލުވާފަ، އެންއެސްއެސް އާއި ގުޅާފަ އަޅުގަނޑު ހަބަރު ބެލިން، އަޅުގަނޑު ތައްޔާރުވަމުން ދިޔައިން، ކިރިޔާވެސް ނުރައްކަލެއް ވަމުން ދަންޏާ އަޅުގަނޑުގެ މޭ އައްޑަނައަކަށް ހަދަން ކަމުގަ. އާދެ! ދިވެހި ގައުމުގެ އައްޑަނައަކަށް ހަދަން ކަމުގަ.

އާދެ! ކަންތައްތައް މިހެން ދިޔައިރު އަޅުގަނޑުމެންގެ އަތޮޅުގަ، އަޅުގަނޑުމެންގެ ރަށުގަ، ގއ. ވިލިނގިލީގަ ކަންތައްތައް ހިނގަމުން ދިޔައީ ކިހިނެތްތޯ؟ އާދެ! އަޅުގަނޑު..، އަޅުގަނޑަށް ވަމުންދާ ގޮތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އާދެ! ރޭޑިއޯ ތެލެފޯނުން ކ. ތުލުސްދޫއާއި ޅ. އަތޮޅު އެއޮންނަ ފެލިވަރު..، ފެލިވަރު މެދުވެރިކޮށް އެބޭފުޅުން ހަބަރު ހޯއްދަވައިގެން މަސްދޯނި ފަހަރުގަ ލަޓިބުރި ހޯދައިގެން ތައްޔާރުވަމުން ދިޔައީ މާލެއަށް އަރާ ތިބި ބާޣީން ތަޅާލުމަށް. ކީއްވެގެންތޯ؟ އާދެ! އަޅުގަނޑުމެންގެ މިއަދުގެ ރައީސް، މިއަދުގެ ޒައީމް، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަކީ މުޅިދުނިޔެއަށް ރާއްޖެ ދައްކާލި ޒައީމް، މުޅިދުނިޔެއަށް ރާއްޖެ ދައްކާލި ޒައީމް.

ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވަމުތޯ މިތިބަ ދެބޭފުޅުންގެ ތާރީޚް. ނޫން. މިތިބަ ދެކުއްތާއިންގެ ތާރީޚް. މިތިބަ ދެކުއްތާއިންގެ ތާރީޚް ދަންނަންތޯ؟ އާދެ! މިހައި ބޮޑު ބައިގަނޑެއްގެ ތެރޭގެ މިހާ ގިނަ މީސްތަކުންގެ ތެރޭގަ އަޅުގަނޑަށް ދަންނަވާލަން ދަތި ތާރީޚެއް އެއީ. ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވަމުތޯ ލުތުފީ ކުރި ކަންތައް؟ ސަގަރޭ ކުރި ކަންތައް. އާދެ! އަޅުގަނޑެއް ނެތިން މިހަފްލާ ހަޑިކުރާކަށް. މިތަނުގަ އެމީހުންގެ ވާހަކަ ދައްކާކަށް. ތިޔަ ބޭފުޅުންގެ ތެރެއިން އެތަށް ސަތޭކަ، ސަތޭކައަކުން ނުވަދިހަ އަށްމީހުން ދަންނާނެ އެދެމީހުންގެ ތާރީޚް.

އާދެ! އަޅުގަނޑުގެ މިއަދުގެ ބޭނުމަކީ، މިތަނަށް އައިސް މިހުންޓުނީ އަޅުގަނޑުމެން ބާޣީންނާއި އެއްބައި ނުވާކަން، އަޅުގަނޑުމެންގެ ރާއްޖޭގެ ދެމިމިއޮތީ އަޅުގަނޑުމެން އެއްބައިވާ، އަޅުގަނޑުމެން އެއްހިތުން ގަބޫލުކުރާ ސަރުކާރެއް ކަން. އަޅުގަނޑުމެން އެކި ފަހަރު މަތިން ބޭއްވި އިންތިހާބުގަ، މިދިޔަ ތިން އިންތިހާބުގަ އެކަން އަޅުގަނޑުމެން ހާމަކޮށް ދައްކައިފިން. އާދެ! އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިސްއިންވެސް އެކަން ދައްކައިފި. ދުވަހަކު ރައްޔިތުންގެ މަޖިޅިހަކު ނެތް އިއްތިފާގުން ރައީސަކު ހޮވިފައި މިނޫނިއްޔަކާ. ރާއްޖޭގަ އެބައޮތްތޯ އަތޮޅުތަކަށް ވޯޓު ދީފަ މިނޫނިއްޔަކާ. އާދެ! ވޯޓުލަމުން ދިއައީ ރާއްޖޭގެ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން. ދުނިޔޭގެ އެހެން ތަންތާނގައި ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށް. ފަހަރެއްގައިވެސް ބާރުގެ ބޭނުންކޮށްގެނެއް، ބަޑީގެ ބޭނުން ކޮށްގެނެއް ނޫން. އާދެ! ކޮންމެ ރައްޔިތަކު އެމީހަކަށް ލިބިފައިވާ ހައްގު ފުރިހަމަޔަށް ބޭނުން ކުރަމުން ދިޔައީ، އާދެ! އަޅުގަނޑަކީ ގއ. އަތޮޅުގައި އެދުވަހު ހުރި މީހެއް. ގއ. ވިލިނގިލީގަ ވޯޓު ދިނުމުގެ ދާއިރާގެ ކަންތައްތަކުގައި އުޅުނު މީހެއް. އަޅުގަނޑުމެންގެ އެންމެން ވޯޓު ދިނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ވޯޓު ދިނުމުގެ ގާނޫނުގައި އެކަން ކަނޑައެލިފައިވާ ގޮތުގެ މަތިން. އާދެ! އެއްވެސް މީހަކަށް ބާރު ދައްކައިގެން އަދަބުދައްކައިގެން އެންމެ ވޯޓެއްވެސް ހޯދައިދީފައި ނުވާނެ. އަޅުގަނޑުމެންގެ އަތޮޅުން 100 ޕަސެންޓް އެމަނިކުފާނަށް ހޯދައިދީފައި އޮންނާނެ. އަޅުގަނޑުމެން ބޭނުންވަނީ އެމަނިކުފާނަށްޓަކައި އަޅުގަނޑުމެންގެ ފުރާނަތައް ހަދިޔާކުރަން، އަޅުގަނޑުމެންގެ މޭތައް އައްޑަނައަކަށް ހަދަން.

ޒިންދާ ބާދު، ދިވެހި ސަރުކާރަށް މިއަދަށް ވުރެ ކުރިއެރިން. އައްސަލާމް އަލައިކުމް.