މަތި އުތުރު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު
( ރިޕޯރޓު؛ ދިރާސާ ޓީމު – 04 ޖެނުއަރީ 2009 )
މަތި އުތުރު ޕްރޮވިންސް ( ހުވަދޫ ޕްރޮވިންސް ) ގައި ހެދުމަށް ހަމަޖެހިފައިވާ ވިޔަފާރި ބަނދަރު ހެދުމަށް އެންމެ އެކަށޭނަ ތަނަކީ ކޮބައިތޯ ބުނުމުން ފަހަރުގައި ސުވާލުތަކެއް އުފެދިދާނެއެވެ. މިހާރުގެ ސަރުކާރަށް ( ހަރަދު ކުޑަ ސަރުކާރަކަށް ) ކަމަށް ވާނަމަ އެންމެ އެކަށޭނަ ތަނަކަށް މިފެންނަނީ ރާއެރިރިހާގެ ފަޅެވެ. އެހެނީ މިސަރުކާރަކީ ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ކަންތައް އަމާޒުކުރާ ސަރުކާރަކަށް ވާތީ އެކަންޏެއް ނޫނެވެ. މިގޮތަށް މިކަން ހުށަހެޅުމުގައި އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ މިކަމުގައި އެކުލެވިގެން ވެއެވެ.
އެންމެ ފުރަތަމަ ކަމަކަށް މަތި އުތުރު ޕްރޮވިންސްގެ ވިޔަފާރި މަރުކަޒަކީ ގއ. ވިލިނގިލި ކަމުގައި ދިވެހި ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު ނަޝީދު ވަނީ 30 ޑިސެމްބަރ 2008 ދުވަހު ވިލިނގިލީގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވެފައެވެ. ވިޔަފާރި މަރުކަޒެކޭ ބުނުމުން އޭގެ މާނައަކީ އެސްޓީއޯ ކަހަލަ ފިހާރަ ފައްޗެއް ހެދުމެއް ނޫންކން ތިޔަ ބޭފުޅުންނަށް ވެސް އެނގިލައްވާނެއެވެ. އެހެނީ ވިޔަފާރި މަރުކަޒަކަށް ވުމުގައި އެކަމަށް ލާޒިމްކުރާ އެތަކެއް ކަމެއް އެކަމުގައި އެކުލެވިގެންވެއެވެ.
މިކަމަށް އިތުރަށް ވިސްނާލުމުން އެނގޭ ކަމަކީ ވިޔަފާރި މަރުކަޒަކަށް ވުމަށް އެންމެ މުހިންމު އެއް މަސްދަރަކީ ވިޔަފާރި ބަނދަރެކެވެ. މިހާރުވެސް ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫ އަކީ ބޭރުގެ މާކެޓްތަކަށް މަހަކު އެތަކެއް ހާސް ޓަނުގެ ފިނިކުރި މަސް އެކްސްޕޯރޓް ކުރާ ކުޑަ ބަނދަރެކެވެ. މިހެން ކަމުން މިކަން އިތުރަށް ފުޅާކުރުމާއި ވިޔަފާރި މަރުކަޒު، ވިޔަފާރި މަރުކަޒަކަށް ހެދުމަށް ފަސޭހައިން ވިޔަފާރި މުދާ ބަލްކްކޮށް ( ގަނޑުކޮށް ) އެތެރެ ކުރެވި، ރީޓެއިލް ކުރެވިގެންދާނެ ގޮތެއް ވުމަކީ ވަރަށް މުހިންމުކަމެކެވެ. މިކަމުގެ ސަބަބުން ހުވަދު އަތޮޅުގައި މިހާރު އުފުލިފައިވާ ތަކެތީގެ އަގު އަތްފޯރާ ފަށަށް އައުމަށް ނަގާނީ ކުޑަ ދުވަސް ކޮޅެކެވެ.
ހަރަދު ކުޑަ ގޮތަކަށް، ދިގުމުއްދަތައް މިކަމުން ފައިދާވާނެހެން، ތިމާވެއްޓަށް އިތުރަށް ގެއްލުން ނުލިބޭނެހެން މިކަން ސަރުކާރުން ކުރައްވަން ބޭނުންފުޅު ކަމުގައި ވަނީ ނަމަވެސް މިކަން ކުރުން އެންމެ ރަގަޅު ތަނަކީ ވިލިނގިލި ކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ. އެހެނީ ވިލިނގިލީގައި އެންމެ ފަހުން ހިންގުނު ބިން ހިއްކުމުގެ މަޝްރޫއަށް ފަސްނެގުމަށް ވިލިނގިލީގެ އުތުރުން ކޮނެވުނު ސަރަހައްދަކީ އެކަމަށް ވަރަށް އެކަށޭނެ ސަރަހައްދެކެވެ. އެގޮތުން އެތަނުގެ ފުންމިނުގައި ހިކިދިޔައިގައި 8 މީޓަރު ހުރެއެވެ. ދެން މިމަސައްކަތް ނިންމުމަށް ބޭނުންވަނީ ހަމައެކަނި ކީވޯލް ހަދައިލުމެވެ. އެތަނަކީ ގާތްކަޑަކަށް 2000 ފޫޓު 1000 ފޫޓުގެ ތަނެކެވެ.
ހަމަ މިއާއި ވިދިގެން ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ވިލިނގިލީ ކަނޑުއޮޅިއަކީ އިންޓަރނޭޝަނަލީ ރެކޮގްނައިޒްޑް ކަނޑު އޮޅިއަކަށް ވެފައި، މިކަނޑުއޮޅިން ( ވިލިނގިއްޔާއި ކޫއްޑޫއާއި ދޭތެރެ ) އަކީ ގިނަ ބޭރުގެ ކެޕްޓަނުން ފަރިތަ ކަމާއި އެކު ވަދެ ނިކުމެ އުޅޭ ޗެނަލަކަށް ވުމެވެ. ހަމަ އެހެންމެ ހުވަދޫ ކަނޑާއި ( ޒީރޯ ޑިގްރީ ޗެނަލް އާއި ) ވީފަޅިން ދަތުރު ކުރައްވާ ނަމަ އެކެފަރު ކަނޑުން ފަސޭހަކަމާއި އެކު ވަދެވި، އިތުރަށް ދުރު ދަތުރެއް ނުކޮށް ވިޔަފާރި ބަނދަރާއި ގާތްކުރެވޭނެއެވެ.
މިހެން މިކަހަލަ ގިނަ ސަބަބުތަކަކާއި ވިޔަފާރި މަރުކަޒީ ރަށަކީ ގއ. ވިލިނގިލި ކަމުގައި ވުމުން ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހުވަދު އަތޮޅުގައި ހެދުމަށް އެންމެ އެކަށޭނަ ތަނަކީ ވިލިނގިލީގެ އެސަރަހައްދު ކަމުގައި ދެކެމެވެ.

proposed area for commercia; port
January 9, 2009 at 8:01 pm
ފަށުވި އިބާރާތްތަކުން މޮލެތިވާހަކަ ތަކެއް ލިޔުނަކަަސް އަދި ނުނިމޭނެވެ. މި ސައިޓުގެ އެޑްމިނިސްޓްރޭޓަރގެ ބޭބެ(ވަށި ރަޝީދު) އަކީ އެންމެ ކުރީއްސުރެ ހޮސްޕިޓަލުގެ ހިންގާ ހުރިހާ ނުބާކަމެއް އިސްކޮށްހުރެ ކުރާ އެކަކެވެ. ޒުވާބުކުރުމާއި ހަޑިހުތުރު ބަހުރަވައިން އަޑު ހަރުކޮ ށްހޮސްޕިޓަގެ ތެރޭގައި ބަލިމީހުހންނާއި ސްޓާފުންނާއި ދިމާލަށް ހިތު ހުރި އެއްޗެއް ކިޔުމަކީ މީނަގެ އާދައެކެވެ. ކަންތައްތައް އިސްލާހް ކުރާ ވާހަކަ ދައްކާއިރު ތިމަތިމާމެންގެ ހާލަތު ހުރިގޮތަކީ މީއެވެ. ތިމާމެން އިސްލާހުވެގެންކަންނޭގެ އެހެން މީހުންގެ ވާހަކަ ދައްކަން ޖެހޭނީ….
March 2, 2009 at 12:38 pm
[...] މަތި އުތުރު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު ( 04 ޖެނުއަރީ… [...]
March 28, 2009 at 9:50 am
[...] މަތި ދެކުނު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު (04 ޖެނުއަރީ … [...]
May 3, 2009 at 9:55 pm
[...] މަތި ދެކުނު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު (04 ޖެނުއަރީ … [...]