
anni with youth
ރައީސް ނަޝީދުގެ ވައުދު
( ރިޕޯރޓު؛ އަލިބެ – 29 ޖެނުއަރީ 2009 )
ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި ގައުމުގެ ވެރިކަމާއި ހަވާލުވިތާ 49 ދުވަސް ފަހުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިލިނގިއްޔަށް ވަޑައިގަތްކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެކަމަކަށް އެދި އެދި ތިބިކަމެކެވެ. ރައީސް ނަޝީދު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި މުޙާތަބުކޮށް ދެއްކެވި ވާހަކަ ފުޅަކީ އުންމީދުން ފުރިގެންވީ އުޖާލާ މުސްތަގުބަލަށް ދަތުރުކުރަން މަގުތަކެއް ކޮށްޓަވަން ގަސްދުކުރައްވާފައިވާ ގޮތުގެ މަގު ޗާޓެކެވެ. އަތޮޅުތައް ތަރައްގީ ކުރެއްވުމަށް ގަސްދުކުރައްވާފައިވާ ގޮތުގެ މުސްތަވާނަޒަރެކެވެ.
ނަމަވެސް އެބައްދަލުވުމަށް ދިޔަ ގިނަ ރައްޔިތުން އެންމެ ބޮޑަށް އެދި އެދި ތިބި އެއްކަމަކަށްވީ އެއަރޕޯރޓްގެ މަސައްކަތް ނުވަތަ އެކަން ވެފައިވާ ގޮތެއް އޮޅުންފިލުވައިލުމެވެ. އެހެނީ އެކަމަކީ ވިލިނގިލީ ރައްޔިތުން ވަރަށް ބޭނުންވެ، އެކަމަކަށް ފައި ނެގި ކަމަކަށްވާތީއެވެ. ރައީސްގެ ވާހަކަ ފުޅުގައި އެއަރޕޯޓާއި މެދު އެއްވެސް އުންމީދީ ވާހަކައެއް ދަންނަވާފައި ނެތުމުން އެކަމާ އެތަނަށް ދިޔަ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ. ހާއްސަކޮށް ރައީސް ނަޝީދަށް ތާޢީދުކުރެއްވި ގިނަ ޒުވާނުންނެވެ. ރައްޔިތުންނާއި އެކު ބޭއްވުނު ބައްދަލުވުން ނިންމަވާލައްވައި، ބޭރަށް ނުކުމެ ވަޑައިގެން އައިޓްޑޯރ ސްޓޭޖް ކައިރީ ހިޔަލުގައި ޒުވާނުންތަކަކާއި އެކީ އަޑުގަދަކޮށް މަޝްވަރާކުރަންޖެހުނީ އެކަމާއިއެވެ. މިގޮތަށް މިކަމަށް މަގެއް ނުފެނުމުން އެންމެން ވަނީ އިޖްތިމާއީ މަރުކަޒުގެ ހޯލަށެވެ. ހޯލުގައި ތިބެގެން ދެއްކި ވާހަކައިންވެސް ވަނީ އެކަމަށް އެއްވެސް އަލިމަގެއް ނުފެނިފައެވެ. އެކަމަކު އެދެއްކެވި ވާހަކަފުޅުގެ ތެރޭގައި “އަދި ޖަނަވަރީ މަހުގައި މިކޮޅަށް އާދެވޭނެ، އޭރުން މިކަމާއި ވާހަކަ ދައްކާނީ” މިހެން ވިދާޅުވެފައި ވެއެވެ. ރައީސްގެ މިއިބާރާތުން ނެގޭ އެއް މާނައަކީ އެއަރޕޯރޓްގެ ކަންތަކާއި ރައީސް ގޮތެއް ނިންމެވުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމުގައި ހާމަކުރުމެވެ. އަދި ޖެނުއަރީ މަހުގައި މިކޮޅަށް ކުރައްވާ ދަތުރުފުޅުގައި އެކަމަށް އުފާވެރި ޚަބަރެއް ދެއްވާނެ ކަމެވެ. ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އަލަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯރޓްތަކުގެ ވާހަކަ ޓްރާންސްޕޯޓް މިނިސްޓްރީގެ ނާއިބު މީޑިއާއާއި އެކީ ހިއްސާކޮށްލެއްވި އިރު 12 އެއަރޕޯރޓެއްގެ ވާހަކަ ދެއްކެވިއެވެ. އޭގެ ތެރެއަކު ވިލިނގިލީ އެއަރޕޯރޓްގެ ނަމެއް ނުހިމެނެއެވެ. ރައީސް ނަޝީދު އެދަތުރަށް ފަހު މާލެ ވަޑައިގެން ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް މިކަމަށް ކުރެއްވިކަން އެނގެއެވެ. އެކަމަކު އަދިވެސް މިކަމަށް ވަނީ އަލިމަގެއް ނުފެނިއެވެ. އަދި ރައީސް ވިދާޅުވި “ޖަނަވަރީ” މަސްވެސް މިއޮތް ނިމެނީއެވެ. ރައީސް ދަތުރެއް މިއަތޮޅަށް ނުވަތަ ހުވަދު އަތޮޅަށް ޝެޑިއުލް ކުރެވިފައިވާ ކަމަކަށް ނުވެއެވެ.
January 30, 2009 at 3:14 pm
meeeeeeeeeeee hasadha filuvaa siteh kamah varah bodah faahag kuravey….atoll office tharein admin balahatta siteh meeee….
January 31, 2009 at 9:08 am
Anni ge beynumakee vote hoadhun. ekanves eyna kohfi. dhen othee majlis inthikhaabu. ekanves kuraane. villingilli meehun beynun vanee eyna dhakkaa dhalhathakah helligen thiben. kihaa dherakameh.
January 31, 2009 at 9:09 am
sadfsadsad
March 2, 2009 at 12:38 pm
[...] ރައީސް ނަޝީދުގެ ވައުދު ( 29 ޖެނުއަރީ 2009 ) [...]
March 4, 2009 at 6:45 pm
NOTHING TO BE SAID.. JUAT WANNA SAY THAT ALL THE VILLINGILI PEOPLE, PLS WAKE UP.. DON’T JUST SIMPLY SIT AND WATCH WHAT AND ALL HAPPENS.. PLS PLS PLS DO SOMETHING TO SAVE OUR FUTURE..
March 5, 2009 at 3:12 pm
villingili ge rayyithun…. thibeyfulhun nikan visnaba…ehfahara hurihaa kameh nuvaaneyey…thigothah kanthah thah kuran beynunvaa kithah rah mi gaumugai onnane tha??? raees ah ves kureveyvarakun eba kure ehnu… furathama visnanvy gauma medhuga…dhen e ah fahu dhen rashaa dheytherey visnaba… Adhi kanthah thah vaaneyey…. madun thibeba….
March 28, 2009 at 9:50 am
[...] ރައީސް ނަޝީދުގެ ވައުދު / ފޮލޯއަޕް 1 (29 ޖެނުއަރީ 2009) [...]
May 3, 2009 at 9:55 pm
[...] ރައީސް ނަޝީދުގެ ވައުދު / ފޮލޯއަޕް 1 (29 ޖެނުއަރީ 2009) [...]