ލާމަރުކަޒީ އުސޫލުން ތިނަދޫއަށް ހުރިހާ ކަމެއް … މިއަތޮޅަށް ކޯއްޗެއް؟
(ރިޕޯރޓް؛ ސިޔާސަތު ދިރާސާ ޓީމު؛ 02 ފެބުރުއަރީ 2009)
އާ ސަރުކާރު ގައުމާއި ހަވާލުވުމާއެކު ރާއްޖެ 7 ސަރަހައްދަކަށް ބަހައި ލާމަރުކަޒީ އުސޫލުން ކަންތައްތައް ހިންގުމަށް ތައްޔާރުވަނީއެވެ. ސަރަހައްދުތަކެއްގެ ގޮތުގައި ކުރިން އޮތް އަތޮޅުތައް އެއްކޮށްލެވޭއިރު އެ ސަރަހައްދެއްްގައި ހިމެނޭ އަތޮޅުތައް ހަމަހަމަ ކުރެވޭ ގޮތެއްގެ މަތީން ކަންތައްތައް ހިއްސާކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. އެގޮތުން އައްޑު އަތޮޅާއި ފޯއްމުލަކު ހިމެނޭ ޕްރޮވިންސްގެ މައި އޮފީސް އައްޑޫގައި ހުރި ނަމަވެސް ފޯއްމުލަކުގައިވެސް މުހިއްމު އެތަކެއް މަރުކަޒުތަކާއި ސަރަހައްދީ އެތަކެއް ޚިދުމަތްތަކެއް މިހާރު ދަނީ ގާއިމް ކުރަމުންނެވެ. މިގޮތަށް ހަމަހަމަ އުސޫލަކުން ބަހަން ނިންމީ ފޯއްމުލަކު ރައްޔިތުން އަޑު އުފުލައި ފޯއްމުލަކަށްވެސް ބައި އެޅުމަށް ސަރުކާރަށް ދޫނުދީ ގޮވާލުމުންނެވެ. ނަމަވެސް ހިތާމައަކީ މަތި ދެކުނު ޕްރޮވިންސް އޭ މިކިޔާ ގއ. ގދ. މި ދެއަތޮޅު އެއްކޮށްލެވޭއިރު ހުރިހާ ޚިދުމަތްތަކެއް (މުޅި ކޭކް އެއްކޮށް ކަހަލަ ގޮތަކަށް) ގދ. ތިނަދޫ އަށް ހޯދުމުގެ ރޫހު ތިނަދޫ ރައްޔިތުންގެ ކިބައިގައި ހުރިކަމެވެ. އަދި ސަރުކާރުންވެސް ތިނަދޫ ރައްޔިތުން އެދޭ ގޮތަށް ގެންދިއުމަށް އުޅޭހެން ހީވެއެވެ. މި ދެއަތޮޅު އެއްކޮށްލެވޭ އިރު ތިރީގައި މިދަންނަވާ ގޮތަށް ޚިދުމަތްތައް ބެހުމަށް ރާއްވަމުން ދާކަމަށް ޚަބަރު ލިބެއެވެ.
|
ގާއިމް ކުރެވޭ ޚިދުމަތް |
ގާއިމް ކުރާ ރަށް |
|
ސަރަހައްދީ އޮފީސް |
ތިނަދޫގައި |
|
އިންޓަނޭޝަނަލް ބަނދަރު |
ތިނަދޫގައި |
|
ޕަބްލިކް ވާރކްސްގެ މައި މަރުކަޒު |
ތިނަދޫގައި |
|
ސިފައިންގެ ހެޑްކުއާޓަރ |
ތިނަދޫގައި |
|
ފުލުހުންގެ ހެޑްކުއާޓަރ |
ތިނަދޫގައި |
|
ހުރިހާ މިނިސްޓްރީތަކުގެ އިދާރީ އޮފީސްތައް |
ތިނަދޫގައި |
|
ރީޖަނަލް ކަސްޓަމްސް އޮފީސް |
ތިނަދޫގައި |
|
ރީޖަނަލް ހޮސްޕިޓަލް |
ތިނަދޫގައި |
|
ރީޖަނަލް ދިރާގުގެ އޮފީސް |
ތިނަދޫގައި |
|
ރީޖަނަލް އެމް ޓީ ސީ ސީ އޮފީސް |
ތިނަދޫގައި |
|
ރީޖަނަލް އައިލެންޑް އޭވިއޭޝަންގެ އޮފީސް |
ތިނަދޫގައި |
|
އިންޓަނޭޝަނަލް އެއަރޕޯޓް (ކާޑެއްދޫގައި ހަދާ) |
ތިނަދޫގައި |
|
ދަތުރުފަތުރުގެ މައި މަރުކަޒު |
ތިނަދޫގައި |
|
ބެންކް އޮފް މޯލްޑިވްސްގެ ރީޖަނަލް ބޭންކް |
ތިނަދޫގައި |
|
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަރުކަޒު |
ތިނަދޫގައި |
|
ވިޔަފާރި މަރުކަޒު ( ޔުޓިލިޓީ ކުންފުނި ) |
ވިލިނގިލީގައި |
ވިޔަފާރި މަރުކަޒެއް އޭގެ ގޮތުގައި ހިންގޭނީ އިންޓަނޭޝަނަލް ބަނދަރެއް އެތަނުގައި އޮވެގެންނެވެ. މިއީ ނަމެއްގައި ވިލިނގިލީގައި ގާއިމް ކުރާ ތަނެއް ބާވައެވެ؟ ޔުޓިލިޓީ ކުންފުނި ވިލިނގިލީގައި ގާއިމް ކުރެވުނަސް ޕަބްލިކްވާކްސްގެ މައި މަރުކަޒު ތިނަދޫގައި ގާއިމް ކުރެވިގެން ދިއުމުން މިވަނީ ކޯއްޗަކަށްތޯއެވެ؟ ނަމެއްގައި އޮފީސްގަނޑެއް ވިލިނގިލީގައި، އެކަމަކު މަސައްކަތްތައް ރާވާ ހިންގާނީ ތިނަދޫގައި ހުންނަ މަރުކަޒުންނެވެ. މުވައްޒަފުންނާއި އަދި ވަސީލަތްތައް ތިނަދޫގައެވެ. މީގެ 3 އަހަރުގެ ކުރިން ވިލިނގިލީގައި ގާއިމް ކުރެއްވި ކަސްޓަމްސް އޮފީސް ގާއިމް ކުރެވިފައިވަނީ “ރީޖަނަލް ކަސްޓަމްސް” ގެ ގޮތުގައެވެ. މި ސަރަހައްދުގައި މައި ކަސްޓަމްްސް އޮފީސްގެ ގޮތުގައެވެ. ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކުންވެސް މިކަން އެގޭނެއެވެ. ނަމަވެސް ވިލިނގިލީގައި ހުރި ކަސްޓަމްސްގެ ނަމްބޯޑު “ރީޖަނަލް ކަސްޓަމްސް” ގެ ބަދަލުގައި “ވިލިނގިލީ ކަސްޓަމްސް” އަށް ބަދަލުވީ ކޮން ގޮތަކުން ކޮން އިރަކު ކިހިނެތްވެގެން ހެއްޔެވެ؟ ހިންޏަށް ހަކުރު އޮޅުވާލި ގޮތަށް ވިލިނގިލީ ރައްޔިތުންނަށް މިކަންވެސް މިއޮތީ އޮޅުވާލާފައެވެ. އެހެން ވީމާ މިއިން އެގޭ އެއްޗަކީ ރީޖަނަލް ކަސްޓަމްސް ދެން ހުންނާނީ ތިނަދޫގައި ކަމެވެ. ވިލިނގިލީގައި މި ހުރި ތަން ވާނީ ކުޑަ ޔުނިޓަކަށެވެ. އޭރުން ކޫއްޑޫއަށް އަންނަ އަދި ކޫއްޑޫން ފުރާ ބޯޓް ފަހަރުވެސް މިތަނުން ކްލިއަރއެއް ނުކުރެވޭނެއެވެ. ބޯޓް ފަހަރުތައް ދާންޖެހޭނީ ތިނަދޫ ބަނދަރަށެވެ. އިންޓަނޭޝަނަލް ވަރުގަދަ ބަނދަރެއް ވަރަށް ކުޑަކުޑަ ޚަރަދަކުން ވިލިނގިލީގައި ކުރެވެން އެބައޮތެވެ. ކޮންނަ ބޯޓް ވެލިނެގި ތަން ޝީޓް ޕައިލްކޮށްލުމުން އެއޮތީ އެއްލައްކަ ޓަނުގެ ބޯޓްފަހަރުވެސް ވަދެވޭ ވަރުގެ ބޮޑު އަދި ފުން ބަދަރެކެވެ. ވީއިރު ޚަރަދު ކުޑަކުރުމަށް މަަސައްކަތް ކުރަމޭ ބުނާ ސަރުކާރަކުން މިކަން މިގޮތަށް ކުރެެވެން އޮއްވައި ނުކުރަންވީ ކީއްވެތޯއެވެ؟ ކޮންމެ ގޮތެއްގައިވެސް ވިލިނގިއްޔަށް ނުވަތަ މިއަތޮޅަށް ކަންތައްތައް ހޯދައިގަތުމުގެ ބާރަކަށް މިހާރު އެހުންނެވީ ހޯމް އެފެއަރޒްގެ ނާއިބް މުހައްމަދު ޝަރީފުއެވެ. އެމަނިކުފާނު މި ދަނޑިވަޅުގައި ހަރުދަނާވެ، ސީރިއަސްވެ އަދި ކެރިގެން ކުރިމަތިލައި ވަކާލާތުކޮށްގެން މެނުވީ އަހަރަމެންނަށް އެއްވެސް ކަމެއް ނުލިބޭނެއެވެ. މަތީގައި ދެންނެވިފައިވާ ލިސްޓްގައިވާ 16 ކަންތަކުގެ ތެރެއިން އަހަރަމެންނަށް ލިބޭނެކަމަށް އެގިފައިވަނީ ހަމަ “އެންމެ” ކަމެވެ. އެކަމަކު އެއީވެސް ނަމެއްގައި ލިބޭ ކަމެކެވެ. ހަގީގަތުގައި މުޅި ކޭކު އެގެންދަނީ ތިނަދޫައަށެވެ. ވިލިނގިލީގެ ލޮބުވެތި ޒުވާނުންނޭވެ! ވިލިނގިލީގެ ރައްޔިތުންނޭވެ! ތިޔަހެން މަޑުން ތިބެގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. ފޯއްމުލަކު ރައްޔިތުން ކުރި ހިއްވަރު ކޮށްގެން ނޫނީ އަހަރަމެންނަށް އެއްވެސް ކަމެއް ނުލިބޭނެއެވެ. މިހެން ތިބެއްޖެ ނަމަ މުސްތަގުބަލުގައި ތިނަދޫގެ ފާރު ބުޑުތަކުގައި އޮވެ އަހަރަމެން ވާނީ މަރެވެ.
މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް ވިދާޅުވުމަށް؛
މަތި އުތުރު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު ( 04 ޖެނުއަރީ 2009 )
March 2, 2009 at 7:48 pm
too much of anything is good for nothing. vilingili ppl are too good
March 3, 2009 at 8:17 am
vaane ehcheh vefa mi othee. dhen kuraane kameh neiy. Villigilli ga thibi kamuvoshigenvaa eehunakee thaakun thaaku nujehey bayakah vumun mihen vaan mi jehunee. adlhi aharenge ilthimaas akee sarukaarun dhakkaa dhalhathakah nuhelli, idhikolhu khiyluthahves hushahalhaa Ga.Atholhuge tharaqqee ah visnaashey. badhalakah vote dhineekee Ga ge rajjithun ekaherikohlaakah noon.
March 3, 2009 at 12:57 pm
މިކަމަކީ ވިލިގިލީގައި ތިބި އިސްލާހަށް މަސައްކަތްކުރި ހުރިހާ އެންމންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކެވެ.މިކަމުގައި އެފަރާތްތަކުން ފުރިހަމަ ޒިންމާ ނަގަންޖެހޭނެވެ، ވަމުންމިދަނީ ކިހިނެއްކަމެއް އަދިވެސް ވިލލިނގިލީގެ ރައްޔިތުންނަށް ނުވިސްނޭ
March 4, 2009 at 6:56 pm
INSHA ALLAH!! HOPE WE’D GET ATLEAST A SINGLE PIECE FROM THAT CAKE..
March 4, 2009 at 6:58 pm
WELL, IT WOULD BE A REALLY HEART-BREAKING MOMENT TRUELY IF WHAT U’VE MENTIONED THERE HAPPENS.. I REALLY REALLY DONT WANT IT TO HAPPEN..
March 4, 2009 at 7:00 pm
BETTER WE’D DIE BEFORE WE COULD SEE THE SUNSET OF PROGRESSION OF OUR LOVING ISLAND..
March 7, 2009 at 8:34 pm
villigil koba fupaa fa ulhunu mdp meehun koba villigili meehunah olhuvaa li meehun thi v hama ragalha thimaa feyhunu iloshi thi othee thimaage lolah vadhefa dhen fain araafa thibey golhaa boo gadu hurinama villigili vaaane malekahala 3 maleya
March 8, 2009 at 11:24 am
viligiyan ufan darintha thihen thibegen eves kamey nuvaane?? mihaarun mihaaran mikanthan nuvejiyaa vaguthufaaithuvaanekan yageen?? ehen rarashun hadaagothan ofeecethakaai banktha bandhukogen nooni mikahakhala kamey nuvaane?? enemenves hadhaagothan hadhan vejje? misarukaaruga onaanee rayithunge baaru. gadhafadha meehungebaaru?? thihen thiben vejiyaa mulhikeke ekon gendhaanekan yageen.
March 8, 2009 at 11:25 am
kureege sarukaaru aharumenan dheefa huri adhi gaaimukofahuri eves thaney nuvegendheveyne?? viligili zuvaanun mikaman visnun muhinmu?? mihaaru nuvejekamey nuvaane dhariney….
March 10, 2009 at 10:16 pm
[...] (02 މާރޗު 2009 ގެ ރިޕޯރޓާއި ގުޅޭ - 10 މާރޗު 2009 ) [...]
March 10, 2009 at 11:33 pm
ތަހާލާނަންވޫ ހަމަރަގަޅަން. ފަޅެތެރޭ އެއާޕޯޓާ އޮޑައިގެން ބަތިބެއު. މިއަތޮޅޭ އެއްވިޔަސް ރަޓަކުން ތަހަލާންނަން ލެބެއްނޭ ތާއީދެކެނެން. ހިތަންގަސްނުގެނެއު އަތޮޅުގެ ތާއީދެ އޮތެކަމަން. އަހަނެ ހިތންރަގަޅެވޫ ވިލިގިއްލާން އެއްކަމަސް ނޮކޮށްދިނެފެހޭ.
March 12, 2009 at 11:43 am
,,, up villingil people. U cant get nothing u think this is airport from Dhigurah to Villingili. no body will put airport threre
no goverment ok ,,, up
March 13, 2009 at 12:29 am
Mr. Ibrahim, what the ,,, you think of yourself? You better ,,, your ,,, and keep on watching how villingili will look @ few years…
,,, you .,,,, onece again…
March 13, 2009 at 8:13 pm
U ,,, ur ,,. Never happen anything. All people selfish. Dont u think this is airport u broght from Dhiyadhoo to DhiguraH TO ,,,, VILINGILI.IT IS NOT. u CANT SEE AIRPORT THERE , THAT IS ALL MAUMOON PROPEGENDA. AN BLACK EYE 4 U ,,, PEOPLE
March 14, 2009 at 11:30 pm
hey ibrahim “dont u know that u have seen u” kale`ah mivarun fudheyne kamah hykuran. kaley thy kaaku ka mashah egihje nama……………….. c u later bro. we are BOne to villigili. cc hahahahahahahahaaaaaaaaa
March 17, 2009 at 8:46 am
vilingilieege airport Alhan Japan sarukaarai , Masvaraa badhalubume 1-3-2009 vee dhuvahu raisul jumuhooriyaa office ga kuriya dhiya
March 17, 2009 at 3:29 pm
Hey Man. What do u think of ur self. Unawareness people in the Atoll with all selfishness. Nothing will go ur Hand evrything to b in thinadhoo ok. we will govern atoll.
March 28, 2009 at 9:50 am
[...] ލާމަރުކަޒީ އުސޫލުން ތިނަދޫއަށް ހުރިހާ ކަމެއް..، މިއަތ… [...]
April 16, 2009 at 8:36 pm
maumoon sarukaarun viligiyah baivaru kanthah koah dhiyfi ehnun tha? eyruves thinadhoo myhun thihbey anganulavaa dhen anni sarukaarua enme 15 kanthah kuran uluniyma thiy vaavaru. e hurihaa kameh eh kuriymaves maumoon viligihyah kurehvi kanthah hama eh nuvaane midhiya 30 aharu vandhen
May 3, 2009 at 9:55 pm
[...] ލާމަރުކަޒީ އުސޫލުން ތިނަދޫއަށް ހުރިހާ ކަމެއް..، މިއަތ… [...]