މަރުހަބާ ޖަންގަލް ސްޕޯރޓް ޓީމު
( ހަބަރު؛ އިދުރީސް -– 19 މާރޗް 2009 )
ގައުމީ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒޯންތަކުގައި ބާއްވަމުން ގެންދާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ޒޯން 7 ގެ ފުޓްބޯޅަ މުބާރާތް 2009 މިހާރުދަނީ ގއ.ވިލިނގިލީގައި ފެށިގެންނެވެ. މުބާރާތުގެ މިޒޯންގެ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދި ވިލިނގިލީ ފުޓުބޯޅަ ދަނޑުގައި ބޭއްވުނު މެޗުގައި ބައްދަލުކުރީ ޖަންގަލް ސްޕޯރޓް ކްލަބް ( ވިލިނގިލީ ) އަދި މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯރޓްސް ކްލަބް ( ދާންދޫ ) ގެ ޓީމެވެ. ޒޯން 7 ގެ މުބާރާތުގައި ބައިވެރި ވެފައި ވަނީ 4 ޓީމެވެ. އެއީ ގދ. ތިނަދޫ ޓީމަކާއި، ގދ. ގައްދޫ ޓީމަކާއި، ގއ. ދާންދޫ ޓީމެއް އަދި ވިލިނގިލީ ޓީމެކެވެ. މިބާރާތް ފެށެން ދެދުވަހަށް ވެފައި ވަނިކޮށް މުބާރާތުގައި ގދ. ފަޅިން ބައިވެރިވާ ދެޓީމުންވެސް ވަނީ “ވިލިނގިއްޔަށް” ކުޅެއް އަންނަށް ބޭނުން ނުވާ ކަމަށް ބުނެ މުބާރާތް ކުޅެއް ނައިސްފައެވެ. މިކަމުން ދައްކުވައިދެނީ މަތި ދެކުނު ޕްރޮވިންސް އުފެދުމުން އެތާނގެ ކަންތައްތައްވެސް އެމީހުން ހަދަން ބޭނުންވަނީ މިގޮތަށް ކަމެވެ. މިއީ އަހަރެމެން މިކަމުން ފިލާވަޅުތަކެއް ލިބިގަންނަން ވެއްޖެ ކަމެކެވެ.
މިއަދު ހަވީރު ހަތަރެއް ޖެހިއިރު ވިލިނގިލީ ފުޓުބޯޅަ ދަނޑުގައި މުބާރާތް ހުޅުވާ މެޗު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ފޮރ ޕްރިންސިޕަލް ކަލެކްޓަރ ފޮރ ކަސްޓަމްސް އެވެ. މުބާރާތް ފެއްޓުމުގެ ގޮތުން އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިން ވަނީ ވަރަށް ފުރިހަމަ ޑްރިލްއެއް ހުށަހަޅައިދީފައެވެ.
މެޗު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ދާންދޫ ޓީމުން ލަނޑެއް ޖަހައި މެޗުގެ ސްކޯރ 1 ސުމަކަށް ބަދަލުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވިލިނގިލީ ޓީމުން ލަނޑެއް ޖަހައި މެޗުގެ ނަތީއްޖާ ވަނީ އެއްވަރުކޮށްފައެވެ. ވިލިނގިލީ ޓީމުގެ މިލަނޑާއި އެކު ފޯރީގައި ކުޅެ ވިލިނގިލީ ޓީމުން ލަނޑެއް ޖަހައި 2، 1ގެ ލީޑު ހޯދިއެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ފަނަރަ މިނެޓް ނިމުނުތަނާހެން ދާންދޫ ޓީމުން ލަނޑެއް ޖަހައި މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ. ފުރަތަމަ ހާފު ދެބައިވިތަނާހެން ވިލިނގިލީ ޓީމުން ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މިމެޗުގައި ވިލިނގިލީ ޓީމުން ކުރި ހޯދިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-2ގެ ނަތީއްޖާ އަކުން ވިލިނގިލީ ޓީމު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ދިހަވަރަކަށް މިނެޓްތެރޭ ވިލިނގިލީ ޓީމުން ލަނޑެއް ޖަހައި މެޗުގެ ނަތީއްޖާ 4-2އަށް ބަދަލުކުރިއެވެ. ދެވަނަ ހާފުގެ ނިމެން ގާތްވެފައި ވަނިކޮށް ދާންދޫ ޓީމުން ލަނޑެއް ޖަހައި އެމީހުންގެ ސްކޯރ 3 އަށް ބަދަލުކުރިތާ މާގިނައިރު ނުވަނީ ވިލިނގިލީ ޓީމުން ލަނޑެއް ޖަހައި މެޗުގެ ނަތީއްޖާ 5 ލަނޑު 3 ލަނޑަށް ބަދަލުކުރިއެވެ.
މިއަދު މެޗު ނިމުނީ 5 ލަނޑު 3 ލަނޑުން ޖަންގަލް ޓީމު މޮޅުވެގެންނެވެ. މިއަދު މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖަންގަލް ޓިމުގެ އާތިކް އިބުރާހިމް އެވެ. ޖަންގަލް ސްޕޯރޓްސް އިން ތިޔަ ހޯދި ކާމިޔާބީ ފާހަގަކޮށް ޓީމަށް ހޫނު މަރުހަބާ ކިޔަމެވެ. އަދި ކުރިޔަށް ހުރި މެޗުތަކުގައި އިތުރަށް ހިއްވަރުކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށް ޔަގީން ކުރަމެވެ. 
March 24, 2009 at 8:51 pm
ހުވަދު އަތޮޅު އުތުރުބުރީ މާމެންދުއަށް ބުރެތިކާލީން އެރި ވާހަކަ
http://batsnews.wordpress.com