މިއަދުގެ މެޗު ކާމިޔާބުކުރީ ދާންދޫ ޓީމު

( ހަބަރު؛ އިދުރީސް -– 20 މާރޗް 2009 )

 

ގައުމީ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒޯންތަކުގައި ބާއްވަމުން ގެންދާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ޒޯން 7 ގެ ފުޓްބޯޅަ މުބާރާތް 2009 ގައި މިއަދު ބައްދަލުކުރީ މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯރޓްސް (ދާންދޫ) ޓީމާއި ތިނަދުއާ ޔުނައިޓެޑް (ތިނަދޫ) ޓީމެވެ. ގއ. ވިލިނގިލީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށިތާ 10 ވަރަކަށް މިނެޓްގެ ތެރޭގައި ދާންދޫ ޓީމުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެފޯރީގައި ހަމަ އެމިނެޓްގެ ތެރޭގައި އެޓީމް ދެވަނަ ލަނޑެއް ޖަހައި 2 – 0 ގެ ސްކޯއަކުން މެޗުގައި ކުރި ހޯދިއެވެ. ހާފު 30ހަކަށް މިނެޓް ކުޅެވުނު ފަހުން ތިނަދޫ ޓީމުން އުފެއްދި ހަމަލާއެއް ދާންދޫ ޓީމުގެ ކުޅުންތެރިއެއްގެ ކީޕަރަށް ދޭން ފޮނުވައިލި ބޯޅަ ކީޕަރ އަތުނުޖެހި ބައިކޮޅަށް ގޯލެއް ވަދެ މެޗުގެ ސްކޯރ 2- 1 އަށް ބަދަލުވިއެވެ. ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ތިނަދޫ ޓީމުން ހެދި ފައުލްއަކާއި ގުޅިގެން ރެފްރީ ރީނދޫ ކާޑެއް ދެއްކިތާ މާގިނައިރެއް ނުވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކުޅެމުން ދަނިކޮށް ދާންދޫ ޓީމުގެ ކުޅުންތެރިއަކަށްވެސް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ދިހަ ވަރަކަށް މިނެޓްފަހުން ދާންދޫ ޓީމުން ގޯލެއް ޖަހައި 3 – 1 ގެ ލީޑެއް ހޯދިއެވެ. މެޗުގެ ފަހު ހާފުގައި ދާންދޫ ޓީމުގެ ކުޅުންތެރިއަކަށް ރީނދޫކާޑެއް ދައްކާފައިވާއިރު ތިނަދޫ ޓިމަށްވެސް ވަނީ ކާޑެއް ދައްކައިފައެވެ. މިމެޗަކީ މިމުބާރާތުގައި ފުރަތަމަ ފަހަރަށް ކާޑު ފެނިގެން ދިޔަ މެޗެވެ. މިމެޗުގައި 4 ކާޑު ދައްކައިފައިވެއެވެ. މިއަދު މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ދާންދޫ ޓީމުގެ 9 ނަންބަރު ނަޒީރު އަހުމަދުއެވެ.

މިމުބާރާތުގައި ދެން އޮންނަ މެޗު އޮންނާއި 22 މާރޗުވާ އާދީއްތަ ދުވަހު ވިލިނގިލީ ޓީމާއި ތިނަދޫ ޓީމް ބައްދަލުކުރާ މެޗެވެ.