ރައީސް ނަޝީދުގެ ވައުދު
( ރިޕޯރޓް؛ އަލިބެ -– 28 މާރޗް 2009 )
30 ޑިސެމްބަރ 2009 ވީ އަންގާރަ ދުވަހު ދިވެހި ޖުމްހޫރިއްޔާގެ 4 ވަނަ ރައީސް އަލްފާޟިލު މުހައްމަދު ނަޝީދު މިއަތޮޅަށް ކުރެއްވި ދަތުރުފުޅުުގައި ރައްޔިތުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަ ފުޅުގެ ތެރެއިން ހަނދުމަފުޅު ބަހައްޓަވައިގެން ކުރައްވާފައިވަނީ ކިތައް ކިތައް ކަންތައް ތޯއެވެ.
ރައީސް ނަޝީދު ވިލިނގިލީގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކަ ފުޅުގައި އެއަރޕޯރޓްގެ މަސައްކަތާއި ބެހޭ ގޮތުން އުންމީދީ އެއްޗެއް ވިދާޅުވެފައި ނެތުމުން އެކަމާއި އިތުރަށް ސުވާލުކުރެވުމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ މާލެ ވަޑައިގެން އެމަސައްކަތް ހިނގަމުންދާގޮތް ބައްލަވާ އިސްލާހުތަކެއް ގެންނަވާނެ ކަމުގައެވެ. ހަމަ އެހެންމެ 2009 ޖެނުއަރީ މަހުގެ ތެރޭގައި ވިލިނގިއްޔަށް ޒިޔާރަތެއް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ. އިތުރަށް ވިދާޅުވެފައި ވަނީ ތައުލީމީ ދާއިރާ ކުރިއެރުވުމުގެ މަގުސަދުގައި 2009 މާރޗު މަހުގެ ތެރޭގައި ގއ. އަތޮޅު ތައުލީމީ މަރުކަޒަށް އޮސްޓްރޭލިއާގެ 4 ޓީޗަރުން ހޯއްދަވައިދެއްވާނެ ކަމުގައެވެ. ހަމަ އެހެންމެ ޑްރަގްގެ ވަބާއަށް ހައްލު ހޯދުމުގެ ގޮތުން މިއަތޮޅުގެ ދެތަނެއްގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ ގާއިމުކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
އެއަރޕޯރޓް ޕްރޮޖެކްޓަށް ބަލާލާއިރު އެކަމާ ސަރުކާރުން ބޮޑު މަސައްކަތެއް ކުރައްވާހެނެއް ހިޔެއް ނުވެއެވެ. މިކަމަށް އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެެވެ. އެހެނަސް ރަށު ތެރޭގައި މިކަމަށް ހޭލާ ކެމްޕެއިނެއް ހިންގާފައިވެއެވެ. ރައީސް ވިލިނގިއްޔަށް ދަތުރު ފުޅެއް ކުރައްވާނެ ކަމަށް ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިހާރު ޖެނުއަރީ މަސް ނިމި މާރޗުމަސްވެސް ނިމެނީއެވެ. ސްކޫލަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި ޓީޗަރުން މާރޗުމަސް ނިމިގެން މިދާއިރު އަދިވެސް ރާއްޖެ އައިކަމަށް ނުވެއެވެ. ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި ވާހަކަ ފުޅަށް ފޮލޯއަޕް ކުރެއްވި ކަމެއް ނުވަތަ ހަނދުމަފުޅު ހުންނެވި ހެނެއް ހިޔެއް ނުވެއެވެ.
މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް ވިދާޅުވުމަށް؛
ރައީސް ނަޝީދުގެ ވިލިނގިލީ ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅު (30 ޑިސެމްބަރ 2009)
މަތި ދެކުނު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު (04 ޖެނުއަރީ 2009)
ރައީސް ނަޝީދުގެ ވައުދު / ފޮލޯއަޕް 1 (29 ޖެނުއަރީ 2009)
ލާމަރުކަޒީ އުސޫލުން ތިނަދޫއަށް ހުރިހާ ކަމެއް..، މިއަތޮޅަށް ކޯއްޗެއް؟! (02 ފެބުރުއަރީ 2009)