މަތި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ

( ރިޕޯރޓު؛ ދެރަހަ – 11 އެޕްރީލް 2009 )

ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލީއާގެ ރަސްމީކޮށް ހަމަޖައްސަވައި ރައީސް އެގެކޮޅަށް ވަޑައިގެންނެވި ރޭ މަތި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ފޮރ ދި ހޯމް އެފެއާޒް އަލްފާޟިލު އުމަރު ޖަމާލް، މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 6 ފެބުރުއަރީ 2009 ދުވަހުގެ ރޭ ބޭއްވި ހަފްލާގެ ތެރެއިންނެވެ.

މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ފަހަރަށް ވިލިނގިއްޔަށް ވަޑައިގެންނެވީ ވަރަށް ނުރަސްމީ ދަތުރުފުޅެއްގައި ހުކުރުދުވަހެއްގެ މެންދުރު ކުރީގެ ވަގުތެއްގައި މާރޗު 27 ވަނަ ދުވަހުއެވެ. އެދުވަހު މިނިސްޓަރު ވަރަށް ކުއްލި ގޮތަކަށް އެތަނަށް ހާޟިރުވެ ތިބި މީހުންނާއި ބައްދަލުކުރެއްވީ ކުރިން އެންގެވުމަކާއި ނުލައި އެއްވެސް ތައްޔާރީއެއް، ކުރިޔަށް ވަގުތެއް ދިނުމެއް ނެތިއެވެ. އެދުވަހު އެތަނަށް ދިޔަ ފަރާތްތަކުން އެކަމާއި ހިތްހަމަ ނުޖެހި މިނިސްޓަރަށް ދަންނަވާފައި ވަނީ މިއަދު މިނިސްޓަރަށޤ އެއްވެސް ވާހަކައެއް ދަންނަވަން ބޭނުން ނުވާ ކަމުގައެވެ. މިގޮތަށް މިހެން ތާށިކޮށް އައުމުން ހުކުރު ވަގުތާއި މިހާ ތާށިވާގޮތަށް އިންތިޒާމް ކުރުމަކީ އެދެވޭ ގޮތެއް ނޫން ކަމުގައެވެ.

ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަގުތު ހޯއްދަވައިގެން ވިލިނގިއްޔަށް 29 މާރޗު 2009 ވީ އާދީއްތަ ދުވަހު ވަޑައިގެން ވެސް ކަންތައް މިވީ މިކަހަލަ ގޮތަކަށެވެ. އެދުވަހުވެސް ވިލިނގިލީގެ ޒުވާނުންތަކެއް އަތޮޅު އޮފީސްދޮށަށް ބައްދަލުކުރުމަށް އައުމުން ވަނީ ބައްދަލުކޮށްފައެވެ. ފަހުން ޚަބަރު ލިބުނު ގޮތުގައި އެބައްދަލުވުމުގައި އެއްވެސް ކުރިއެރުމެއް ވަނީ ނުލިބިފައެވެ. އެމަކުފާނަށް އެނގިލައްވާ އެއްވެސް ކަމެއް ނެތެވެ. އެއަރޕޯރޓް ޕްރޮޖެކްޓް ކަންތައް ގޮސްފައިވާ ހިސާބެއް އެނގިލައްވާ ކަމަކަށް ނުވެއެވެ. ކުރިން ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހުނު ޔޫތު މިނިސްޓަރީގެ ބައްދަލުވުން އެންމެ ފަހު ވަގުތު ކޮލަމާފުއްޓަށް ބަދަލުވި ސަބަބެއްވެސް ނޭގެއެވެ. އަދި ހިތާމަ ހުރި ކަމަކީ މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން މިއަތޮޅު ހުރިހާ މަޝްވަރާކުރުމަށް ފަހު ރެޑަރ ސިސްޓަމެއް ގާއިމުކުރުމަށް ކޮލަމާފުށި ކަނޑައެޅު ބައްދަލުވުމަށް އެރަށަށް ދިޔަ އެއްވެސް މަސްވެރިއަކު މިއަތޮޅަކު ނެތެވެ. އެކަމަކު ޓީވީ ޚަބަރުގައި ބުނެފައި ވަނީ އަތޮޅުގެ ހުރިހާ މަސްވެރިންނާއި މަޝްވަރާކޮށް ނިންމާފައިވާ ކަމެއް ކަމުގައެވެ.

މާރޗު 29 ގައި ވިލިނގިއްޔަށް ސްޓޭޓް މިނިސްޓަރ އުމަރު ޖަމާލު ވަޑައިގެން މިއަތޮޅު ގެމަނަފުއްޓާއި، ކަނޑުހުޅުދޫ، މާމެންދޫ، ދެއްވަދޫ އަދި ކޮލަމާފުއްޓަށް ވަނީ ވަޑައިގެންފައެވެ. ޒުވާނުނގެ އެދުމުގެ މަތިން ބޭއްވުނު ބައްދަލުވުން ފިޔަވައި އެހެން ބައްދަލުވުމެއް ވިލިނގިލީގައި ބޭއްވުނު ކަމެއް އެނގިފައެއް ނެތެވެ.