މަޖިލީހުގެ ގޮނޑި
( ދިރާސާ ރިޕޯރޓް؛ ދެރަހަ – 27 އެޕްރީލް 2009 )
ރައްޔިތުންގެ މަޖީލީސް އިހަކަށް ދުވަހަކާއި ޖެހެންދެން އޮތީ ކޮންމެ އަތޮޅަކަށް 2 މެމްބަރުންނާއި މާލެއަށް 4 މެންބަރުންނާއި ރައީސް އައްޔަންކުރާ 8 މެންބަރުންގެ މައްޗަށް އެކުލަވައިލެވިފައެވެ. މިގޮތުގައި މިހެން ގިނަ ދުވަސްތަކަކަށް އޮތުމަށް ފަހު ފެހި ގާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭ އަތޮޅުތަކުގެ އާބާދީގެ ނިސްބަތުން ދާއިރާ ގޮނޑި ކަނޑައަޅާގޮތަށް ވަނީ ނިންމަވާފައެވެ. އެގޮތުން މިއަތޮޅަކީ 12 ހާހުގެ އާބާދީއަކަށް ވާތީ މިއަތޮޅުގައި 3 ދާއިރާ ވަނީ ކަނޑައެޅިފައެވެ. އެގޮތުން ވިލިނގިލި ހިމެނެނީ ކޮލަމާފުއްޓާއި ވިލިނގިލީ ހިމެނޭ ދާއިރާގައެވެ. ވޯޓުދޭ މީހުންގެ އާބާދީއަކީ ގާތްގަޑަކަށް 3 ހާސް މީހުންނެވެ. މިދާއިރާގެ ވޯޓު ދިނުމުގެ އުމުރު ހަމަވާ މީހުންގެ ގާތްގަޑަކަށް 63 އިން ސައްތަ ވިލިނގިލި ހިއްސާކުރާއިރު ވިލިނގިއްޔަށް ނިސްބަތްވާ 5 ކެނޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. އަދި 37 އިން ސައްތަ ހިއްސާކުރާ ކޮލަމާފުށިން ކުރިމަތި ލައްވަނީ 3 ކެނޑިޑޭޓުންނެވެ.
މިވަގުތު ސަރުކާރު ހިންގާ ޕާރޓީ ( އެމްޑީޕީ ) ގެ ޕްރައިމަރީސްގައި މިދާއިރާއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަނި ގޮތަކަށް ޕާރޓީ ޓިކެޓް ހޯއްދަވާފައި ވަނީ އަދުނާން ހަލީމެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން އެޕާރޓީގެ ޓިކެޓް ލިބެންޖެހޭ ފަރާތަކީ އަބްދުﷲ ތަސްލީމު އަބްދުލް ހަކީމު ކަމުގައި ވަނީ ފާޅުގައި ބުނަމުންނެވެ. މިކަމާއި ވިދިގެން އިތުރަށް ނަޒަރު ހިންގައިލުމުން ފާހަގަވި އަނެއް ތަންކޮޅަކީ 30 ޑިސެމްބަރު 2009 ދުވަހު ރައީސް ވިދާޅުވި ބަސްފުޅެކެވެ. އެއީ އެއަރޕޯރޓް ކަންތަކާއި ސުވާލުދެންނެވުމުން އަންނަ ޖަނަރަވީގަ ރައީސް ވިިލިނގިއްޔަށް ވަޑައިގަންނަވާނެ ކަމަށާއި އެދަތުރުގައި އެއަރޕޯރޓްގެ ސާފު ޚަބަރު ގެންނަވާނެކަމުގައެވެ. ރައީސް މިރަށަށް އެވިދާޅުވި ދަތުރު ނުކުރައްވާ ލަސްކުރައްވާ އެންމެ ބޮޑު އެއްސަބަބަކީ އެމްޑީޕީ ޕްރައިމަރީސް ގައި ރައީސް އެމަގާމަށް ގެންނަވަން ބޭނުންފުޅުވި ތަސްމީނު ނުހޮވުމުންނެވެ. އެއަރޕޯރޓްގެ ޕްރޮޖެކްޓް އެއީ ތަސްމީނު ކޮށްދެއްވާ ކަމެއް ކަމުގައި ހައްދަވާށެވެ. އިތުރަށް ބަލައި ހޯދުނު ގޮތުގައި އެމްޑީޕީގެ ތެރޭގައި އަދުނާން ހަލީމުގެ ތާއީދު ކުޑަވެގެން ދިޔަ އެއްސަބަބަކީ އެމްޑީޕީގަ މަސައްކަތްކުރައްވާފައި ގައުމީ ޕާރޓީއައި ގުޅި ދުވަސްކޮޅަކަށް ފަހު އެމްޑީޕީއާއި ގުޅުމުންނެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ތަސްމީނު ހޮވުމަށް ކުރާ މަސައްކަތުގައި މިދާއިރާއަށް ކުރިމަތި ފުއާދު ޒާހިރު އޭނާގެ ނަން އަނބުރާވަނީ ގެންގޮސްފައެވެ. ހަމަ އެހެންމެ މިދާއިރާއަށް ކުރިމަތިލި ރިއްފަތު ގާސިމްވެސް އޭނާ ނަން އަނބުރާ ގެންދާ ކަހަލަ ޚަބަރުތަކެއް މިހާރު ދަނީ ފެތުރެމުންނެވެ.
މަޖިލީހަށް މެންބަރަކު ހޮވުމުގައި ބަލަންޖެހޭ ކަންތައް ތަކުގެ ތެރޭގައި އެންމެ ބޮޑު އެއްކަމަކީ ސަރުކާރު ޒިންމާދާރު ކުރުވޭފަދަ ޝަހުޝެކެވެ. އެގޮތަށް ބަލާލާއިރު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ނަމަ އެމްޑީޕީ ސަރުކާރަށް ފާޑު ކިއުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެގޮތުން އެމްޑީޕީގެ ރަސްމީ ކެނޑިޑޭޓް އަދުނާން ހަލީމް، އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ ތަސްމީނު އަބްދުލް ހަކީމު، އެމްޑީޕީ މެންބަރު ރިއްފަތު ގާސިމް، އެމްޑީޕީގެ މެންބަރު ސަމީރު އަހުމަދު ހިމެނެއެވެ. އެގޮތުން އަދުނާނު ވަނީ އެމްޑީޕީގައި އިތުބާރު ކުޑަ މީހަކަށް ވުމުން ސަރުކާރު އެފަރާތަށް ލިބޭ އެއްބާރުލުން ކުޑަވާނެ ކަމަށް ފެނެއެވެ. އަދި ތަސްމީނަކީ އެމްޑީޕީން ހޮވަން ބޭނުންވެފައިވާ މެންބަރަށް ވާތީ އޭނާއަށް ސަރުކާތު ދޮންފުތުވާނެކަން ޔަގީނެވެ. މިހެންވުމުން ސަރުކާރު ޒިންމާދާރުކުރުމުގައި އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
ސަރުކާރު ހިންގާ ޕާރޓީގެ މެންބަރަކު ހޮވުމުން ސަރުކާރު ޒިންމާދާރުކުރުވުމަށް ދަތިވާނެއެވެ. އަދި ސަރުކާރުގެ ތެރެއިން އެއްބާރުލުން ހޯދަން ފަސޭހަވާނެއެވެ. އަނެއްކޮޅަށް ބަލާލާއިރު އިދިކޮޅު ޕާރޓީއެއްގެ މެންބަރަކު ނަމަ ސަރުކާރު ޒިންމާދާރުކުރުވުމުގައި އިސްދައުރެއް އަދާކުރެވޭނެއެވެ.
މިސައިޓުގެ ފަރާތުން ދަންނަވާލަން އޮތީ މިހާރު ކަންތައް ވަމުން މިދާގޮތަށް ބަލާލާއިރު އަޅުގަނޑުމެންނަށް މުހިންމީ ވިލިނގިއްޔަށް ނިސްބަތްވާ މެންބަރަކު ހޮވުމެވެ. ފައިސާއަށް ހެއްލި ނުދިއުމަށެވެ. އެންމެން އެކައްޗެއް ކިޔައި ވިލިނގިއްޔަށް ނިސްބަތްވާ މެންބަރަކު ހޮވަން އަތުކުރި އޮޅާލަން ގޮވައިލަމެވެ.
April 30, 2009 at 6:26 pm
ތީ އަޅުގަނޑުވެސް ތާއިދު ކުރާކަމެއް އަޅުގަނޑު ގަބޫލްކުރާގޮތުގައި އަދުނާު ޙަލީމް ފިޔަވާ އަޅުގަނޑުމެންގެ ދާއިރާއަށް ހޮވާނެ ޤާބިލު މީހަކު ނެން. އެހެންކަމުން އަޅުގަނޑު ވިލިނގިލީގެ އެންމެހާ ރައްޔިތުންނަށް އަދުނާން ޙަލީމް މަޖްލީހުގެ ގޮޑިއަށް ހޮދުމަށް ތާޢިދުކުރުމަށް ގޮވާލަން!